އެސްޓީއޯ ހެޑް އޮފީސް -- ދުވަސް ފައިލް ފޮޓޯ
އެސްޓީއޯ ހެޑް އޮފީސް -- ދުވަސް ފައިލް ފޮޓޯ

އެސްޓީއޯގެ ހިއްސާއަކަށް 76 ރުފިޔާ ބަހަން ފާސްކޮށްފި

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 76ރ. ބަހަން ރޭ ފާސްކޮށްފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުން ހިއްސާއަކަށް ބަހަން ހުށަހެޅީ 76ރ. އެވެ. އެއަށް އިތުރު އިސްލާހެއް ނުގެނެސް، ޖަލްސާއަށް ހާޒިރުވި 640 ހިއްސާދާރުންގެ ތެރެއިން 56 ޕަސެންޓަށް ވުރެ މަތިން ވޯޓު ލިބުނީ އެ މިންވަރަށް ހިއްސާގެ ފައިދާ ބެހުމަށެވެ.

އެސްޓީއޯ އިން 2013 ވަނަ އަހަރު ހިއްސާއަކަށް ބަހަން ހުށަހެޅީ 24ރ. އެވެ.

މިދިޔަ އަހަރަކީ އެސްޓީއޯގެ ތާރީހުގައި ވެސް އެންމެ ފައިދާ ބޮޑު އަހަރުގެ ގޮތުގައި ފާހަގަކުރެވެ އެވެ. އެ ކުންފުނީގެ މިދިޔަ އަހަރުގެ ސާފު ފައިދާ އަކީ 479.9 މިލިއަން ރުފިޔާ އެވެ. 2013 ވަނަ އަހަރުގެ ސާފު ފައިދާ އަކީ 164.6 މިލިއަން ރުފިޔާ އެވެ.

ކުރިޔަށް އޮތް އަހަރު ކުންފުނީގެ ހިއްސާދާރުން ތަމްސީލުކުރުމަށް ޑިރެކްޓަރަކު ރޭ އިންތިހާބުކުރި އެވެ. ހަތަރު މީހުން ވާދަކުރި އިންތިހާބު 22،000 ވޯޓާއެކު ކާމިޔާބުކުރީ މުހައްމަދު ފަރުޝަތެވެ.

އެސްޓީއޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ކުންފުނީގެ އާމްދަނީ މިދިޔަ އަހަރު ވަނީ 2013 ވަނަ އަހަރާ އަޅާ ބަލާއިރު ދަށްވެފަ އެވެ. 2013 ވަނަ އަހަރު 11.1 ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ އާމްދަނީ ވަނީ 9.1 ބިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *