ހައި ކޯޓު --
ހައި ކޯޓު --

ސީރިއާ ބަޔަކު ފުރުވާލި މައްސަލައިގަ ހިމެނޭ މީހަކު ގޭ ބަންދަށް ބަދަލު ކުރީ ގާނޫނާއި ހިލާފަށް

ރާއްޖެ އައި ސީރީއާ ބަޔަކު ވަގު ޕާސްޕޯޓްތަކެއްގައި ރާއްޖެއިން ފުރުވާލި މައްސަލައިގައި ހައްޔަރުކުރި މީހަކު ކްރިމިނަލް ކޯޓުން ގޭ ބަންދަށް ބަދަލުކުރީ ގާނޫނާއި ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އެ މައްސަލައިގަ ހައްޔަރުކޮށްފައިވާ މ. ރެޑިއަމްކޮކާ އަބްދުﷲ ޝަރީފް ހަތް ދުވަހަށް ގޭ ބަންދުގައި ބަހެއްޓުމަށެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ނިންމީ އޭނާ ގޭ ބަންދަށް ބަދަލުކުރީ ގާނޫނާއި ހިލާފަށް ކަމަށެވެ.

ޝަރީފްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ޒާތަށް ބަލާއިރު އޭނާ ގޭ ބަންދުގައި ބަހައްޓަން ދަށު ކޯޓުން ނިންމާފައިވަނީ ކުރިން ހައި ކޯޓުން ނިންމާފައިވާ ދެ ގަޒިއްޔާއަކާ ހިލާފަށް ކަމަށްވެސް އެ ހުކުމުގައިވެ އެވެ. އެހެންވެ އޭނާ ގޭ ބަންދުގައި ބަހައްޓަން ނިންމި ނިންމުން ހައި ކޯޓުން މިއަދު ވަނީ ބާތިލްކޮށްފަ އެވެ. ނަމަވެސް އޭނާ ގޭ ބަންދަށް ބަދަލުކުރި އަމުރުގައި އޭނާ ގޭ ބަންދުގައި ބަހައްޓަން ދިން މުއްދަތު ހަމަވެފައިވާތީ އެ އަމުރުގެ ދަށުން އިތުރަށް ފުލުހުންގެ ބަންދުގައި އޭނާ ބަހައްޓަން އަމުރުކުރާނެ ތަނެއް ނެތް ކަމަށް ހައި ކޯޓުން މިހާރު ވަނީ ނިންމާފަ އެވެ.

އެ މައްސަލައިގައި ދެން ހައްޔަރުކޮށްފައިވަނީ އިމިގްރޭޝަންގެ މުވައްޒަފެކެވެ. އެ ދެ މީހުން އެކަން ކޮށްފައިވަނީ ގިނަ އަދަދެއްގެ ފައިސާ ދީގެންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ވަގު ޕާސްޕޯޓްތަކެއް ބޭނުންކޮށްގެން ރާއްޖެއިން ފުރި އެ ނުވަ މީހުން ގަތަރަށް ގޮސް ތިއްބާ އެ ގައުމުން އެ މީހުން އަނބުރާ ރާއްޖެ ފޮނުވާލުމުން އެ މީހުންގެ ބަޔާންތައް ނެގުމަށްފަހު އަލުން އެ މީހުން ވަނީ ސީރިއާއަށް ފޮނުވާލާފަ އެވެ.

އެމީހުން ރާޢްޖެއިން ގަތަރަށް ފުރާފައިވަނީ ބަހްރެއިންގެ ޕާސްޕޯޓުގައި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *