2.2 މިލިޔަން ޑޮލަރަށް ވިއްކާލެވުނު ނަޕޯލިޔަންގެ ތޮފި
2.2 މިލިޔަން ޑޮލަރަށް ވިއްކާލެވުނު ނަޕޯލިޔަންގެ ތޮފި

ނަޕޯލިއަންގެ ތޮތްޕެއް ނީލަމުގައި 2.2 މިލިޔަން ޑޮލަރަށް ވިއްކާލައިފި…

1800 ގެ ކުރީކޮޅުގެ އަހަރު ތަކުގައި ފަރަންސޭސިވިލާތުގައި ވެރިކަން ކޮށްފައިވާ ނަޕޯލިއަން ބޭނުންކުރިކަމަށް ބުނެވޭ ތޮތްޕެއް އެގައުމުގެ ނީލަމެއްގައި 2.2 މިލިޔަން ޑޮލަރަށް ވިއްކާލައިފިއެވެ.

މި ތޮފި ގަނެފައިވަނީ އޭތި ވިއްކާލެވޭނެ ކަމުގައި ކަނޑައަޅާފައިވާ އަގުގެ ފަސްގުނަ އަށް ވުރެ ބޮޑު އަގެއްގައި އުތުރު ކޮރެޔާގެ ރައްޔިތެކެވެ.

ނަޕޯލިޔަން ބޭނުންކޮށްފައިވާ މި ތޮތްޕަކީ އާދައިގެ ތޮފިތަކާއި ޚިލާފަށް ދެކޮޅަށް އެޅޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ތޮތްޕެކެވެ. މިބާވަތުގެ 120 ތޮފި ނަޕޯލިޔަން ބޭނުންކުރި ކަމަށް ބުނެވެއެވެ. ނަމަވެސް މިވަގުތު ދުނިޔޭގައި ފެންނަން އޮތީ 20 ތޮތްޕެވެ. މީގެތެރެއިން ގިނަ ތޮފިތަށް ހުރީ އެކި ގައުމު ތަކުގެ ދާރުލްއާސާރުގައެވެ.

މިބާވަތުގެ ތޮތްޕަކީ ދެކޮޅަށް ބޭނުން ކުރެވޭ ގޮތަށް ހުންނަ ތޮފި ނަމަވެސް، ނަޕޯލިޔަން މީގެ ތޮފި އަޅާފައިވަނީ އެއް އަރިއަކަށް ނުވަތަ ހުރަހަށެވެ. އެއީ ހަނގުރާމައިގެ މައިދާނުގައި އެހެންމީހުންނަށް ނަޕޯލިޔަން ފަސޭހައިން ފާހަގަ ކޮށްދިނުމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *