އައިއެންއައިއޭގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމާމެދު މަޝްވަރާކޮށްފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓްގައި ފުލުހުން ދެމުންދާ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކުރެވެން ހުރި ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ފުލުހުން ބުނީ މިމެއި މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ވައިޓަލް އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓުން ޓުއަރިސްޓް ޕޮލިސް ޔުނިޓާ ބައްދަލުކޮށް ބޭއްވި ބައްދަލުވުމުގައި ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓްގައި ޤާއިމްވެތިބޭ ޓުއަރިސްޓް ޕޮލިސް ޔުނިޓްހެ މައިގަނޑު މަސައްކަތްތަކުގެ އިތުރުން މިހާރު ދެމުންދާ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކުރެވިދާނެ ދާއިރާތަކާއި ބެހޭގޮތުން  މަޝްވަރާކޮށްފައ ވާކަމަށެވެ. އެގޮތުން އެއަރޕޯޓްގެ ބަނދަރު ސަރަޙައްދާއި ބޯޑަރ އާއި ކާގޯ ސެކިއުރިޓީ އާއި ޓްރެފިކް ގެ އިތުރުން ވީއައިޕީ ޕްރޮޓޮކޯލްސް އާއި ގުޅޭގޮތުން މަޝްވަރާކުރެވި އެފަދަ މައްސަލަތަކާއި ބެހޭގޮތުން މަޢުލޫމާތު ހޯދާފައިވާކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

ފުލުހުން އިތުރަށްބުނީ މި ބައްދަލުވުމުގައި ވައިޓަލް އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ނަބީލް އާއި ޓުއަރިސްޓް ޕޮލިސް ޔުނިޓްގައި މަސައްކަތްކުރާ އިސް ފުލުހުންނާއި އެ ޔުނިޓްގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވި ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *