ފުލުހުން އިސްނަގައިގެން ގަންފޮނަދޫ އާއި ގުޅިފައިވާ ރަށްތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރަން ފަށައިފި

ފުލުހުން އިސްނަގައިގެން ގަންފޮނަދޫ އާއި ގުޅިފައިވާ ރަށްތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުން އެބަ ދެ އެވެ.

ފުލުހުން ބުނީ އެގޮތުން ކެމެރާތައް ހަރުކުރުމުގެ މަސައްކަތްތަކުގައި މިއަހަރުގެ މާރިޗު މަހުން ފެށިގެން ފުލުހުންގެ ކަމާބެހޭ ތަޖުރިބާ ލިބިފައިވާ ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

މިމަސައްކަތްތަކާއި ބެހޭގޮތުން ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝާކިރު ވިދާޅުވެފައޮވަނީ ކުށްމަދު އަމާން ރައްކާތެރި ތަނަކަށް ލ. އަތޮޅު ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފުލުހުން އިސްނަގައިގެން ކުރަމުންދާ  މި މަސައްކަތްތަކުގައި ލ. އަތޮޅު ގުޅިފައިވާ ރަށްތަކުގައި ހުރި ވިޔަފާރި ކުރާ ތަންތަނާއި އަމިއްލަ ގެދޮރާއި ސަރުކާރު އިމާރާތްތަކާއި ސިނާޢީ މަސައްކަތްތައް ކުރާ ތަންތަނުގައިސެކިއުރިޓީ ކެމެރާ ހަރުކުރުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި މި މަސައްކަތުގައި ފުލުހުން ދަޢުރަކީ ކެމެރާ ސިސްޓަމް ހަރުކުރަން ބޭނުންވާ ފަރާތުން ކެމެރާ ސިސްޓަމްތައް ހޯދުމަށްފަހު އެތަކެތި އިންސްޓޯލް ކޮށްދިނުމަށް އެދުމުން އެތަންތަނުގައި ކެމެރާ ހަރުކުރަންވާ ތަންތަން ބެލުމަށްފަހު އެތަކެތި އިންސްޓޯލްކޮށްދެމުން އަންނަ ކަމަށެވެ.

” މި މަސައްކަތަކީ ކުށްމަދު އަމާން ވެށްޓެއް ޤާއިމްކުރުމަށް ފުލުހުން އިސްނަގައިގެން ވިޔަފާރަވެރިންނާއި ރައްޔިތުންނާއި ގުޅިގެން ހިންގާ ވަރަށް މިހުންމު މަސައްކަތެއް. މިކަމުގެ ސަބަބުން ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ. ކެމެރާ ހަރުކުރަން ބޭނުންވާ ފަރާތަކުން ކެމެރާ ސިސްޓަމްތައް ހޯދުމަށްފަހު  އިންސްޓޯލް ކޮށްދިނުމަށް އެދުމުން ފުލުހުން ގޮސް ކެމެރާތައް ހަރުކުރަންވާ ތަންތަން ބެލުމަށްފަހު އެތަކެތި ހަރުކޮށްދިނުމުގެ މަސައްކަތްތައް ކޮށްދެނީ. މިކަމުގައި ހަރަކާތްތެރިވަނީ ފުލުހުންގެ ތެރެއިން ކަމުގެ ތަޖުރިބާ ލިބިފައިވާ ފުލުހުން.” މި މަސައްކަތް ކުރިއަށްދާ ގޮތާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝާކިރު ވިދާޅުވެފައި ވެ އެވެ.

މީގެއިތުރުން ކެމެރާ ހަރުކުރުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި މުދާ ސަލާމަތްކުރުމުގައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި ޝާކިރު ވިދާޅުވެފައިވަނީ ކެމެރާތައް ހަރުކުރުމުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމަށް ލިބިގެންދާނެކަމަށާއި އަދި މިކަމަށް އާއްމު ރައްޔިތުންނާއި ވިޔަފާރަވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާކަމަށާއި މިހާރުވެސް ކެމެރާތައް ހަރުކޮށްދިނުމަށް ފުލުހުންގެ ފަރާތުން  އެދެމުން އަންނަ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *