ޔަމަނުގައި ދެ މިލިޔަން މީހުންނަށް ސާފު ބޯފެން ނުލިބޭ: ރިލީފް އޭޖެންސީ

ޔަމަނާ ދެކޮޅަށް ސައުދީން އިސްވެ ހަނގުރާމަކުރަމުން އަންނަތާ ދެމަސްވެފައިވާއިރު ޔަމަނުގައި ދެ މިލިޔަނަށްވުރެ ގިނަ މީހުންނަށް ސާފު ބޯފެން ލިބޭނެ ގޮތެއް ނެތް ކަމަށް ޔަމަނުގައި މަސައްކަތްކުރާ ރިލީފް އޭޖެންސީއެއް ކަމަށްވާ އޮކްސްފާމުން ބުނެފި އެވެ.

”މިހާރުވެސް ވައިގެ މަގުންނާއި ބިމުން ހަމަލާތައް އެދަނީ ބަދަލު ކުރަމުން، މާ ގިނަ ދުވަހެއް ނުވެ ސާފު ބޯފެނަށް ޖެހޭ މީޙުންގެ އަދަދު ތިން މިލިޔަނަށް އަރާނެ، މިކަމަށް ހުއްޓުމެއް ނާންނަކަމުގައިވަނީ ނަމަ އެ އަދަދު ލަސްނުވެ 16 މިލިޔަނަށްވެސް އަރާފާނެ ކަމަށް ބެލެވޭ“ އިނގިރޭސި ވިލާތަށް ނިސްބަތްވާ ރިލީފް އޭޖެންސީގެ ބަޔާނުގައި ބުނެފައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ 16 މިލިޔަން ރައްޔިތުންނަކީ ބާލިން، ލަންޑަން، ޕެރިސް އަދި ރޯމް އެއްކޮށްލުމުންވެސް ނުވާނެ އަދަދެއް ކަމަށާއި މިހާ ގިނަ ބަޔަކަށް ސާފު ބޯފެން ނުލިބުމަކީ އިންސާނިޔަތާ އިންތިހާއަށް ހިލާފު އަމަލެއް ކަމަށެވެ.

ސައުދީން އިސްވެ އޮވެ ޔަމަނަށް ހަމަލާ ދޭޏް ފަށާފައިވަނީ މާރިޗް މަހުގެ 26 ވަނަ ދުވަހު އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *