ބައްދަލުކޮށްލަން ކަމަށްބުނެ ކޮންމެ ތާކުހުއްޓަސް ފުލުހުން ގެންދިއުމުގެ ބިރު އެބައޮތް: އެމްޑީޕީ

އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އަނބިކަނބަލުންނާއެކު އޭޑީކޭ ހޮސްޕިޓަލުގައި ހުއްޓާ ކަމަށާއި އެހެންކަމުން ދިވެހި ކޮންމެ ރައްޔިތަކަށްވެސް ކޮންމެ ތާކުންވެސް ހައްޔަރުކޮށް ބައްދަލުކޮށްލަން ކަމަށްބުނެ ގެންދިއުމުގެ ބިރު އެބަ އޮތް ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެ ޕާޓީން ބުނީ އެސްޖީ ހައްޔަރުކުރުމަށްފަހު ފުލުހުން ފުރަތަމަ ބުނީ އަނަސް ހައްޔަރުކުރީ ތުހުމަތު ކުރެވެ ކަމެއްގައި މައުލޫމަތު ސާފުކުރުމަށް ކަމަށެވެ. ނަމަވެސް ގަނޑި އިރުތަކެއްފަހުން އަނަސްގެ ޤާނޫނީ ވަކީލުން ފުލުސް އޮފީހަށް ހާޒިރުވުމުން ފުލުހުން ވިދާޅުވެފައިވަނީ ގެންދިޔައީ ބައްދަލުކޮށްލެއްވުމަށް ކަމަށެވެ.

އެމްޑީޕީން ބުނީ މިފަދަ ގޮތަކަށް ރާއްޖެގެ އެންމެ ބޮޑު ސިޔަސީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހައްޔަރު ކޮށްގެން ބައްދަލު ކުރުމަށް ކަމަށް ބުނެ ގެންދިއުމުން ދޭހަވަނީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މިހާރު ކޮންމެ ތާކުންވެސް ހައްޔަރު ކޮށް ބައްދަލުކޮށްލުމަށްކަމަށް ބުނެ ގެންދިއުމުގެ ބިރު  މިހާރު އެބަ އޮތް ކަމަށެވެ.

ފުލުހުން މިކަމާމެދު އިއްޔެ ބުނެފައިވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު ފުލުހުންގެ މައި އިދާރާއަށް ހާޒިރު ކުރީ މައުލޫމާތެއް ސާފު ކުރަން ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *