ކުރީގެ މެންޗަސްޓަރ ޔުނައިޓެޑް އަނބުރާ ގެނައުމަށް 3 އަހަރު ނަގާނެ : ވެންހާލް

މެންޗަސްޓަރ ޔުނައިޓެޑް ކުރީގެ ފޯމަށް އަނބުރާ ގެނައުމަށް އަދި 3 އަހަރު ނަގާނެކަމަށަމަށް އެޓީމުގެ ކޯޗު ލުއިސް ވެންހާލް ބުނެފިއެވެ.
ސިޓީއާއި ވާދަކުރި މެޗުން ބަލިވެ ލީގުގައި ކުޅުނު 10 މެޗުން މެންޗަސްޓަރ ޔުނައިޓެޑަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. މިއީ 1986 ވަނަ އަހަރުގެ ސީޒަނަށްފަހު ޔުނައިޓެޑުން ލީގުގެ ފުރަތަމަ 10 މެޗަށްފަހު އެންމެ މަދުން ޕޮއިންޓް ލިބުނު ސީޒަނެވެ.

“ މީ ގަބޫލުކުރެވޭ ނަތީޖާއެއް ނޫން، އެކަމަކު އަހަރެން ކުރިންވެސް ބުނިހެން ޔުނައިޓެޑުން މިއޮތީ ބަދަލުތަކެއްގެ ތެރޭގައި، އެހެންވީމަ ދުވަސްކޮޅެއް ނަގާނެ“ ވެންހާލް ބުންޏެވެ. ސަޕޯޓަރުން އަދި މެންޗަސްޓަރ ޔުނައިޓެޑްގެ ބޯޑުން ވެންހާލްއަށް ކުރާއިތުބާރު ވެންހާލްވަނީ ފާހަގަކޮށްފައެވެ.

ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މެންޗަސްޓަރ ޔުނައިޓެޑުންވަނީ ބްރިޓިޝް ރެކޯރޑް އަދަދެއްކަމަށްވާ 59.7 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށް ޑީމަރިޔާ ސްކޮޑަށް އިތުރުކޮށްފައެވެ. މީގެ އިތުރުންވެސް ފަލްކާއޯ ، މާކޮސް ރޯހޯގެ އިތުރުން އެންޑަރ ހެރޭރާ އަދި ބްލިންޑް ފަދަ ކުޅުންތެރިން ޔުނައިޓެޑުންވަނީ މި ސީޒަނަށް ގެނެސްފައެވެ. ނަމަވެސް ޔުނައިޓެޑަށް ލީގުގައި މޮޅުވެވިފައިވަނީ އެންމެ 3 މެޗުންނެވެ.

ޑިފެންސްލައިނަށް އަނިޔާގެ ބޮޑެތި މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވާއިރު ،ވެންހާލް އެކަމާއި ގުޅިގެން ބުނެފައިވަނީ އެއީ ބަދަލުނުކުރެވޭނެ ކަންކަންކަމަށެވެ. މިހާރުވެސް ރޯހޯ، ސްމޯލިންގެ އިތުރުން އީވަންސް އަދި ޖޯންސްވެސް ހުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *