އިސްލާމީ ވަކި ހިލާފަތެއް އިއުލާނު ކުރުމަށްފަހު އެ ހިލާފަތު ފުޅާކުރުމަށް އިރާގާއި ސޫރިޔާގައި ހަނގުރާމަކުރަމުން އަންނަ އައިއެސް ޖަމާއަތުން އިރާގާއި ސޫރިޔާ ގުޅޭ ބޯޑަރުގެ މުހިންމު ސަރަހައްދެއް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާކަމަށް މީޑީއާ ރިޕޯޓްތައް ބުނެފި އެވެ.
އައިއެސްއިން އެ ސަރަހައްދު ހިފީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށް ވެ އެވެ. ބޯޑަރުގެ މުހިންމު ސަރަހައްދެއް އައިއެސްއިން ހިފާފައިވާއިރު ސީރިޔާގެ އާސާރީ އަދި ތާރީހީ ރަށެއް ކަމަށްވާ (ތަދްމުރު) ޕަލްމީރާ އަދި އީރާގުގެ އައްރަމާދީވެސް ވަނީ އައިއެސްގެ ބާރުގެ ދަށަށް ގެނެސްފަ އެވެ.
އައިއެސްއިން އިރާގާއި ސީރިޔާގެ މުހިންމު ސަރަހައްދުތަކަށް ބާރުގަދަކުރަމުން އަންނައިރު އެމެރިކާއިން އައިއެސް ނައްތާލަން ކަމަށްބުނެ އެތައް ގައުމަކާއި ގުޅިގެން އެކުލަވާލި ކޯލީޝަނުން މެދުކެނޑުމެއްނެތި އައިއެސް އާ އަންނަނީ ހަނގުރާމަކުރަމުންނެވެ. ނަމަވެސް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން އެމެރިކާގެ ކޯލީޝަނަށްވުރެ އައިއެސް އުޅެނީ މާ ކުރީގަ އެވެ.