ފޮޓޯ: އިންފޮޟޭޝަން ކޮމިޝަނަރުގެ އޮފީސް
ފޮޓޯ: އިންފޮޟޭޝަން ކޮމިޝަނަރުގެ އޮފީސް

ސްވިޑަނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިންފޮމޭޝަން ކޮމިޝަނަރު ރާއްޖެ ވަޑައިގެންފި

މައުލޫމާތު ހޯދައި ލިބިގަތުގެމުގެ ހައްގާ ބެހޭޣޮތުން މައުލޫމާތު ހޯއްދެވުމަށް ސްވިޑަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު އިއްޔެ މާލެ ވަޑައިގެންފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވިދާޅުވި ގޮތުގައި ރަސްމީ ލިޔެކިޔުންތައް ލިބިގަތުމުގެ ހައްގު ރައްޔިތުންނަށް ކަށަވަރުކޮށްދީފައި ދެގަރުނަށްވުރެ ދިގު މުއްދަތެއް ހޭދަކޮށްފައިވާ ސްވިޑަންގައި މިކަން އޮންނަ ގޮތާއި މައުލޫމާތު މެނޭޖްކުރާ ގޮތާއި މިކަންކަން ހިނގާނުހިނގާގޮތުގެ މައުލޫމާތު މި ދަތުރުފުޅުގައި ކޮމިޝަނަރު ހޯއްދެވި އެވެ.

އަދި މި ދަތރުުފުޅުގައި ސްވިޑަންގެ ތިން އޮމްބަޑްސްމަން އާއި ޗީފް ޕާލިމެންޓަރީ އޮމްބަޑްސްމަންއާ ކޮމިޝަނަރު ބައްދަލުކުރެއްވި ކަމަށާއި އެބޭފުޅުންގެ އޮފީސްތަކުގެ އެކި އެކި ޑިޕާޓްމެންޓްތަކުގައި މަސައްކަތްކުރައްވާ ގޮތާއި މަސައްކަތް ހިނގާ ނުހިނގާ ގޮތުގެ މައުލޫމާތު ހޯއްދަވައި އަމަލީގޮތުން އެކަން ތަޖުރިބާ ކުރެއްވި ކަމަށާއި އަދި އެޑްމިނިސްޓްރޭޓިވް ކޯޓް އޮފް އެޕީލަށް ވަޑައިގެން އެތާނގެ ހުރިހާ ފަނޑިޔާރުންނާ ބައްދަލު ކުރައްވައި އެބޭފުޅުންގެ މަސައްކަތާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވައި ތަޖުރިބާ ހިއްސާ ކުރެއްވި ކަމަށްވެސް ކޮމިޝަނަރުގެ އޮފީހުން ވިދާޅުވި އެވެ.

އެ އޮފީހުން އިތުރަށް ވިދާޅުވީ މެއި 18 އިން 23 އަށް ކޮމިޝަނަރު ކުރެއްވި މި ދަތުރުފުޅުގައި އެ އޮފީހުގެ ޓެކްނިކަލް އެޑްވައިޒަރު ފާތިމަތު ޝިހާމްވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *