މުޒާހަރާތެރެއިން އަނިޔާލިބުނު ފުލުހަކު ގެންދަނީ -- ދުވަސް ފޮޓޯ
މުޒާހަރާތެރެއިން އަނިޔާލިބުނު ފުލުހަކު ގެންދަނީ -- ދުވަސް ފޮޓޯ

ފުލުސްމީހާ ގެއަކަށް ވައްދައި އަނިޔާކުރި މައްސަލައިގާ އަންހެނަކާއި ދެ ފިރިހެނުން ހައްޔަރުކޮށްފި 

މިދިޔަ ހުކުރު ދުވަހުގެ ރޭ މަގުމަތން ހިނގާފައިދިޔަ ފުލުހަކު ގެއެއްގެ ތެރެއަށް ވައްދައި އެ ފުލުސް މީހާއަށް އަނިޔާކުރި މައްސަލައިގާ އަންހެނަކާއި ދެ ފިރިހެނުން ހައްޔަރުކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެރޭ 23:10 ހާއިރު މއ.ޝެލޯ ކައިރިން ދިޔަ ފުލުހަކު އެ ގޭތެރެއަށް ގަދަކަމުން ވައްދައި އޭނާގެ ގައިގާ ތަޅާ، މާރާމާރީ ހިންގައި އޭނާގެ ބޯ ފަޅާލި މައްސަލައިގާ ރޭ އިރާކޮޅު 33 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.

އޭގެ އިތުރުން އިއްޔެ ހަވީރުގެ ވަގުތެއްގައި 34 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ މި މައްސަލައިގާ ހައްޔަރުކޮށްފައިވާ ތިންމީހުންވެސް ހައްޔަރުކޮށްފައިވާނީ ކޯޓު އަމުރުގެ ދަށުން ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފުލުސް މީހާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފަހު އޭނާ ވަނީ ދޫކޮށްލާފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *