ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް- -- ދުވަސް ފައިލް ފޮޓޯ
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް- -- ދުވަސް ފައިލް ފޮޓޯ

ނާޒިމްގެ ގާނޫނީ ވަކީލަކަށް ހުސްނުއް ސުއޫދު

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގާނޫނީ ވަކީލަކަށް ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއް ސުއޫދު ހަމަޖައްސައިފި އެވެ.

ނާޒިމްގެ ވަކީލަކަށް ސުއޫދު ހަމަޖެއްސިކަން ނާޒިމްގެ ގާނޫނީ ޓީމުން އިއުލާނުކުރީ އެ ޓީމުން އިއްޔެ ކުރި ޓްވީޓެއްގަ އެވެ. މައުމޫން ހަމީދު ކުރެއްވި އެ ޓްވީޓްގައި ބުނެފައިވަނީ މަހެއްހާ ދުވަހުގެ ޗުއްޓީއެއްގައި މައުމޫން ހަމީދު ރާއްޖޭން ބޭރަށް މިއަދު ފުރަން ހަމަޖެހިގައިވާކަމަށެވެ. ނާޒިމް ބޭސްފަރުވާ އަށް ފަހު މިއަދު އެނބުރި ރާއްޖެ ވަޑައިގަތުމާ އެކު، އިންސާފު ހޯދުމުގެ މަސައްކަތް ލަސްނުކޮށް ފަށަން ޖެހޭތީ އޭނާގެ ވަކީލެއްގެ ގޮތުގައި ދެން މަސައްކަތް ކުރައްވާނީ ސުއޫދު ކަމަށް އެ ޓްވީޓްގައި ބުނެފައި ވެ އެވެ.

އެ ޓްވީޓްގައި އިތުރަށް ބުނެފައިވަނީ ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމާއި އޭނާގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ ރަނގަޅަށް ނޫން ކަމާ މެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށެވެ. އަދި އޭނާގެ ކުށެއް ނެތް ކަމަށް މައުމޫން ހަމީދު ގަބޫލުކުރާ ކަމަށެވެ.

https://twitter.com/nazimlegalteam/status/602167257993588738

ބޭސް ފަރުވާއަށް ނާޒިމް މިވަގުތު ސިންގަޕޫރުގައި ހުރި އިރު ފަރުވާ ނިމިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ކަރެކްޝަނަލް ސާވިސް އިން ވަނީ ނާޒިމް ގެނައުމަށް އޭނާގެ އައިލާ އަށް އަންގާފަ އެވެ. ނާޒިމް މިއަދުގެ ވަގުތެއްގައި މާލެ އަންނާނެ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *