ނޭޕާލަށް އައި ބިންގެލުމުގައި އިމާރާތެއް ވެއްޓިފައި --
ނޭޕާލަށް އައި ބިންގެލުމުގައި އިމާރާތެއް ވެއްޓިފައި --

”ނޭޕާލާއި އެކު އެންމެން“ މީޑިއާ ޓެލެތޯން ފަށައިފި

ނޭޕާލަށް އައި ބިން ހެލުންތަކާއި ގުޅިގެން ލިބުނު ގެއްލުންތަށް ފޫބެއްދުމަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވިއަން ރެޑް ކްރެސެންޓާއި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިޔަށް ގެންދާ ޓެލެތޯން ފަށައިފި އެވެ.

މިއަދު މެންދުރު 12:30 އިން ފެށިގެން ”ނޭޕާލާ އެކު އެންމެން“ މިނަމުގައި ޓީވީއެމް ސުޓޫޑިއޯގައި ކުރިއަށް ގެންދާ ޓެލެތޯން ޝޯވް މިރޭ 12:00 އާ ހަމައަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި ޓެލެތޯންގައި ރާއްޖޭގެ ހުރިހާ މީޑިއާތަކެއް ދަނީ ބައިވެރިވަމުންނެވެ.

ޓެލެތޯންނާއި އެހެނިގެން ގޮތްގޮތުން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ނޭޕާލް ރިލީފް ފަންޑަށެވެ. އަދި އެ ފަންޑު މެދުވެރިކޮށް ހިއްސީ ފަރުވާއާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން މި އެއްކުރާ ފައިސާއިން ހަރަދު ކުރެވޭނެކަމަށް ރެޑްކްރެސެންޓޫން މައުލޫމާތު ދެއެވެ.

މި ހަރަކާތުގެ ދަށުން މާލޭގެ ބައެއް ސަރަހައްދުތަކުގައި މިއަދު ހެނދުނު 8:00 އިން ފެށިގެން 6:00 އާ ހަމައަށް ފަންޑު ފޮށިތަކެއް ވަނީ ބަހައްޓައިފަ އެވެ. އެ ފޮށިތައް ބަހައްޓާފައި ވަނީ ރާޅުގަނޑު ސަރަހައްދު، ބިލަބޮންގް އިންޓަނޭޝަނަލް ހައިސްކޫލް ކުރިމަތި، ސަންފްރޮޓް ކުރިމަތީ އިންނަ ބަސްޓޮޕް، ކާނިވާ ސަރަހައްދު، މަސްމާރުކޭޓު ސަރަހައްދު، ޓީވީއެމް ގޯތިތެރެ، އޭޑީކޭ، އައިޖީއެމްއެޗް، ސެނެހިޔާ އަދި މެޑިކާ ކައިރީގަ އެވެ.

ރެޑް ކްރެސެންޓުން ނޭޕާލަށް އެހީވުމަށް މިދިޔަ އެޕްރީލް 26 ވަނަ ދުވަހުން ފެށިގެން ނޭޕާލްގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ހުޅުވާލާފައިވާ ފަންޑް ރައިޒް ހަރަކާތް މިމަހުގެ 27 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި ފަންޑް ރައިޒް ކުރުމަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި މެޑިކަލް އެޝޯސިއޭޝަނާއި ފުޓް ބޯލް އެޝޯސިއޭޝަން ގުޅިގެން މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޖިލިސް މެމްބަރުންނާއި ވެޓަރެންސްގެ ފުޓް ބޯލް މެޗު ހިމެނެ އެވެ. އެ މެޗްގެ ޓިކެޓްތައް ގަލޮޅު ދަނޑުގެ އިތުރުން މާލޭގެ އެކިއެކި ކެފޭތަކުން ވެސް ޓިކެޓް ލިބެން ހުންނާނެ އެވެ. މެޗްގެ ޓިކެޓްގެ އަގަކީ 25 ރުފިޔާ 500 ރުފިޔާ އަދި 100 ރުފިޔާ އެވެ.

މީގެ އިތުރުން މިއަދު ހަވީރު ރާޅުގަނޑު ސަރަހައްދުގައި އާއިލީ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފަންޑަށް ފައިސާ ޖަމާކުރަން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓް 7701- 176022-001 އަދި ޔޫއެސް ޑޮލަރުން އެހީވުމަށް ބީއެމްއެލްގެ އެކައުންޓް 7701-17022-002 އަށް ޑޮލަރު ޖަމާކުރެވޭނެ އެވެ. އަދި އިސްލާމިކް ބޭންކް މެދުވެރިކޮށް ފައިސާ ޖަމާކުރުމަށް ރުފިޔާ އިން ނަމަ 9901- 01-5550036 އަށް އަދި ޑޮލަރުން ނަމަ 9901- 01- 5550036- 200 ޖަމާކުރެވޭނެ އެވެ.

މީގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަންޑަށް އެހީފޯރުވިދާނެ އެވެ. އުރީދޫގެ ކަސްޓަމަރުން 501 އަށް 20 ރުފިޔާ 50 ރުފިޔާ އަދި 100 ރުފިޔާ ނުވަތަ 100 ރުފިޔާގެ މަގުން އެސްއެމްއެސް ފޮނުވޭނެ އެވެ. އަދި ދިރާގުގެ ކަސްޓަމަރުން ނަމަ *789*3# ޖެހުމުން ފައިސާ ފޮނުވަންވީ އަދަދެއް ޖެހުމުން ފަންޑަށް ފައިސާ ފޮނުވޭނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *