މަރުވި ކަމަށް ނިންމިތާ އެއް ގަޑިއިރު ފަހުން ހަރަކާތްކޮށްފި

އެމެރިކާގެ އަވަށެއް ކަމަށްވާ މިލްވައުކީގެ މީހަކު މަރުވި ކަމަށް ޑޮކްޓަރަކު ނިންމިތާ އެއް ގަޑިއިރު ފަހުން އެމީހާ ހަރަކާތް ކޮށްފި އެވެ.

އޭޕީގައި ބުނެފައިވަނީ އުމުރުން 46 އަހަރުގެ ތޯމަސް ސަންކޮމްބު މަރުވި ކަމަށް ޑޮކްޓަރުން ނިންމީ އޭނާ ދިރިއުޅޭ އެޕާޓްމެންޓްގެ އެދު ކައިރިއަށް ވެއްޓިފައި އޮއްވާ ފެނިގެން ފުރިހަމަ މެޑިކަލް ރިޕޯޓެއް ހެދުމަށްފަހުގައި ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނާ ކަމަށެވެ.

”ސަންކޮމްބުގެ ލޯބިވެރިޔާ ފުލުހުންނަށް ގުޅާފައިބުނީ ސަންކޮމްގެ ހަބަރެއް ނުވާތާ ދެ ދުވަސް ވެއްޖެ އޭ އެ އެޕާޓްމެންޓަށް ގޮސް ބަލާލަދޭށޭ، ފުލުހުން އެ ގެއަށް ދިޔައިރު ސަންކޮމްބު އޮތީ އެނދު ކައިރީގަ ވެއްޓިފަ، ދެން ޑޮކްޓަރުންގެ ޓީމަކުން ބަލާފަ މަރުވި ކަމަށް ނިންމީ“ ކަމާބެހޭ ފަރާތަތްކުން ބުނެ އެވެ.

ކަމާބެހޭ ފަރާތްތަކުން އިތުރަށް ބުނެފައިވަނީ ސަންކޮމްބް މަރުވިކަން އޭނާގެ ކޮއްކޮއަށް އެންގުމުން އޮޓޯޕްސީއެއް ހެދުމަށް ސަންކޮމްބުގެ ކޮއްކޮ އެދުނު ކަމަށާއި ސަންކޮމްބު ހަރަކާތް ކުރަން ފެށީ އޮޓޯޕްސީ ހެދުމަށް ހޮސްޕިޓަލަށް ގެންދަން އުޅުނުއިރު ކަމަށެވެ. އަދި މިހާރު ސަންކޮމްބަށް ފަރުވާ ދެމުން އަންނައިރު ސަންކޮމްބުގެ ހާލު ރަނގަޅު ކަމަށްވެސް މިލްވައުކީގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *