އަށްވަނަ ފަހަރަށް ވައްކަން ކުރުމުގެ ކުށް ސާބިތުވިމީހަކު 11 އަހަރާއި އެއްމަހަށް ޖަލަށް

އަށް ވަނަ ފަހަރަށް ވައްކަން ކުރުމުގެ ކުށް ސާބިތުވި މީހަކު 11 އަހަރާއި 1 މަހަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

2015 ފެބްރުއަރީ 11 ވަނަ ދުވަހުގެ މަގުތެެއްގައި ހ. ފީރޯޒްހިޔާ 3 ވަނަ ފަންގިފިލާއަށްވަދެ އެގޭގެ ކޮޓަރިއެއްގެ ތެރޭގައި އޮތް އަތްދަބަހެއްގެ ތެރެއިން 31000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނާގާފައިވާ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމް ކޮށްފައިވަނީ މާލެ، މއ. ގްރީންވީލް، އަޙްމަދު އިލްހާޒް ރަޝީދު (35އ) ގެ މައްޗަށެވެ.

މި މައްސަލައާ ގުޅިގެން ދަޢުލަތުން އަޙްމަދު އިލްހާޒް ރަޝީދުގެ މައްޗަށް އުފުލާފައިވަނީ ވައްކަންކުރުމުގެ ކުށުގެ ދަޢުވާއެވެ.

މި ދަޢުވާ ބެލުމަށްފަހު ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނަނީ، އަޙްމަދު އިލްހާޒް ރަޝީދުގެ އަމިއްލަ އިޢުތިރާފުން މި ދަޢުވާ ސާބިތުވާކަމަށެވެ. އެހެންކަމުން، މިއީ އަޙްމަދު އިލްހާޒް ރަޝީދުގެ މައްޗަށް ވައްކަންކުރުމުގެ ކުށް ސާބިތުވި 8 ވަނަ ފަހަރު ކަމަށްވާތީ 8 އަހަރު ދުވަސް، އަދި މި ވައްކަން ކޮށްފައިވަނީ މީހުން ދިރިއުޅޭ ތަނަކުން ކަމަށްވާތީ 6 މަސްދުވަސް، އަދި މި ވައްކަންކޮށްފައިވަނީ 10000 ރުފިޔާއިން މަތީ ޢަދަދެއްގެ ފައިސާއިން ކަމަށްވާތީ 2 އަހަރާއި  7 މަސްދުވަސް، އެކު ޖުމްލަ، 11 އަހަރާއި 1 މަސްދުވަހުގެ މުއްދަތަށް އަޙްމަދު އިލްހާޒް ރަޝީދު ޖަލަށްލުމަށް ޙުކުމް ކުރާކަމަށްވެސް އެ ޤާޟިއްޔާގައި ވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *