ފޮޓޯ: އަލިފުށީ އޮންލައިން
ފޮޓޯ: އަލިފުށީ އޮންލައިން

އަލިފުށީ ގުދަނެއްގައި ރޯވެ އަނދައި ހުލިވެއްޖެ

ރ. އަލިފުށީގައި ހުރި ގުދަނެއްގައި ރޯވެ އަނދާ ހުލިވެއްޖެ އެވެ.

މިހާދިސާ ހިނގާފައިވަނީ ރޭ މެންދަމް 2:00 ހާއިރު ކަމަށް މައުލޫމާތު ލިބެ އެވެ. އަނދާ ހުލިވެފައިވަނީ އަލިފުށީ ރީފް، އަބްދުއްރަހްމާން ޔޫސުފް (ރީފް އަދުރޭ)ގެ ގުދަނެކެވެ.

އަލިފާން ގަނޑު ނިންވާލެވިފައިވަނީ ރޯވިތާ ގާތްގަނޑަކަށް ގަޑީއިރެއްހާއިރު ފަހުންނެވެ،

އަނދައިގެން ދިޔަ ގުދަނުގައި ގިނަ އަދަދެއް މުދާ ހުރިކަމަށް މައުލޫމާތު ލިބެ އެވެ. އެގޮތުން ގުދަނުގައި ގިނަ އަދަދަކަށް ލަކުޑިއާއި ފައިބަރުގެެ ސާމާނައި ޕެޓްރޯލް ހަންތަކަކާއި ބިއްލޫރި ޝީޓްތަކަކާއި ފްލައިވުޑް ފިލާގެ އިތުރުން އެހެން ބައެއް ސާމާނު ހުރިކަމަށް ވެ އެވެ.

ގުދަނުގައި ހުރި ތަކެއްޗާއި އެކު އަނދާ ހުލިވުމުން ލިބުނު ގެއްލުމުގެ އަދަދު ގާތްގަނޑަކަށް 3.5 މިލިއަން ރުފިޔާއަށް އަރާ ކަމަށް އަލިފުށިން މައުލޫމާތު ދިން މީހަކު ބުންޏެވެ.

އަލިފާނުގެ އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު އެއީ ގަސްދުގައި ބަޔަކު ކުރިކަމެއްކަމަށް ވެއެވެ.

ފުލުހުން ބުނީ އަލިފުށީ ގުދަނެއްގައި ރޯވި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *