ނުރައްކާތެރި ހަތިޔާރުން ބިރުދެއްކި މީހަކު އެއް އަހަރާ ހަމަހަށް ޖަލަށް

ނުރައްކާތެރި ހަތިޔާރުން ބިރުއްދެއްކި މީހަކު އެއް އަހަރާއި ހަ މަސްދުވަހަށް ޖަލަށްލުމަށް ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން 2015 މެއި 14 ވަނަ ދުވަހު ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފައިވަނީ ނ.ވެލިދޫ، ދަންވަރުގެ، އަޙްމަދު ކަލީމް (38އ) ގެ މައްޗަށެވެ.

މި މައްސަލައާ ގުޅިގެން ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނަނީ އެ ކުށަށް އަޙްމަދު ކަލީމް އިންކާރު ކުރި ނަމަވެސް ދަޢުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާ މިންވަރަށް ހެކިބަސް ލިބިފައިވާތީ، އަޙްމަދު ކަލީމްގެ މައްޗަށް ދަޢުލަތުން ކުރައްވާ ނުރައްކާތެރި ހަތިޔާރާއެކު ބިރުދެއްކިކަމުގެ ދަޢުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި މިކުށުގެ އުގޫބާތެއްގެ ގޮތުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެެއްޗިހި ގެންގުޅުން މަނާ ޤާނޫނު ގެ 02 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން 06 މަސްދުވަހުގެ މުއްދަތައް އަދި އެ ޤާނޫނުގެ 02 ވަނަ މާއްދާގެ (ޅ) ގެ ދަށުން 01 އަހަރު، އެކު ޖުމްލަ 01 އަހަރާއި 06 މަސްދުވަހުގެ މުއްދަތަށް އަޙްމަދު ކަލީމް ޖަލަށްލުމަށް ނިޔާ ކަނޑައަޅައި ހުކުމް ކުރާކަމަށެވެ.

މީގެ އިތުރުންވެސް އަޙްމަދު ކަލީމްގެ މައްޗައް ޖަމާއަތް ހަދައިގެން ތަނެއް ހަލާކޮށްލައިގެން ދިހަހާސް ރުފިޔާއައްވުރެ މަތީ އަދަދެއްގެ ފައިސާއިން ވަށްކަން ކުރުމުގެ ކުށް ސާބިތުވެގެން 11 އަހަރާއި 01 މަސްދުވަހުގެ މުއްދަތައް އަރުވާލަން ހުކުމްކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *