އެސްޓީއޯގައި އިއްޔެ ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: އެސްޓީއޯ
އެސްޓީއޯގައި އިއްޔެ ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: އެސްޓީއޯ

އެސްޓީއޯ އިން ބިއުޓިފުލް އައިސް ޖަމިއްޔާ އަށް ސްޕީޗް ތެރަޕިސްޓެއް ސްޕޮންސާ ކޮށްދީފި

ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް އެހީވުމަށް އުފައްދާފައިވާ ”ބިއުޓިފުލް އައިސް އެސޯސިއޭޝަން“ އަށް އެސްޓީއޯ އިން ސްޕީޗް ތެރަޕިސްޓެއް އެއް އަހަރުދުވަހަށް ސްޕޮންސާކޮށްދިފި އެވެ.

މި ސްޕޮންސާ އެ ޖަމިއްޔާއާ ހަވާލުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ. ޖަމިއްޔާގެ ފަރާތުން ހަވާލުވެއްލީ ފައުންޑަ މެމްބަރު އައިޝަތު ޝިފާ އެވެ.

މި ހަފްލާގައި ޝަހީރު ވިދާޅުވީ އެސްޓީއޯގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން މީގެ ކުރިން ވެސް އެ ޖަމިއްޔާ އަށް އެހީތެރިވެފައިވާނެ ކަމަށެވެ. އަދި ކުރިމަގުގައި ވެސް ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ސީއެސްއާރު ޕްރޮގްރާމުގެ ދަށުން ވަކި ބަޖަޓެއް ކަނޑައެޅުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިއުޓިފުލް އައިސް އިން ވާހަކަދެއްކެވި ޝިފާ ވިދާޅުވި ގޮތުގައި، ސްޕީޗް ތެރަޕިސްޓެއް ސްޕޮންސާ ކުރުމަކީ މި ވަގުތު ބިއުޓިފުލް އައިސްގައި ތިބި ކުދިންނަށް ވެވެން އޮތް އެންމެ ބޮޑު އެއް އެހީ އެވެ. އޭނާ ވިދާޅުވީ ސްޕީޗް ޑިލޭގެ ސަބަބުން ޑައުން ސިންޑްރޯމް ކުދިންނަށް އެކުދިންގެ އެހެނިހެން ހުނަރުތައް ކުރިއެރުމަށް ބުރޫ އަރާކަމަށެވެ.

ސީއެސްއާރު ޕްރޮގްރާމުގެ ދަށުން އެސްޓީއޯ އިން އިއްޔެ ވަނީ ވިލިމާލެ ޕޮލިސް ސްޓޭޝަަނަށް 10 ބައިސްކަލް ވެސް ހަދިޔާކޮށްފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *