ހުޅުމާލެގެ މަގެއް - ފުލުހުންނަށް ދޮގު މައުލޫމާތު ދިން މީހެއް ހުޅުމާލެއިން ވަނީ ހައްޔަރުކޮށްފައި -- ދުވަސް ފޮޓޯ: ސޮފޫރާ އަލީ
ހުޅުމާލެގެ މަގެއް - ފުލުހުންނަށް ދޮގު މައުލޫމާތު ދިން މީހެއް ހުޅުމާލެއިން ވަނީ ހައްޔަރުކޮށްފައި -- ދުވަސް ފޮޓޯ: ސޮފޫރާ އަލީ

ފުލުހުންނަށް ދޮގު މައުލޫމާތު ދިން މީހަކު ހައްޔަރުކޮށްފި

ފުލުހުންނަށް ދޮގު މައުލޫމާތު ދިން މީހަކު ހުޅުމާލެއިން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 29 އަހަރުގެ އެމީހާ ހައްޔަރުކޮށްފައިވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ޚިލާފު ވެގެން ހިފެހެއްޓުމުން އިއްޔެ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، އެ މީހާ އަކީ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތަކަށް ނުވާތީ ޖޫރިމަނާ ކުރުމަށް ހުޅުމާލެ ޕޮލިސް ސްޓޭޝަންއަށް ގެންގޮސް މައުލޫމާތު ސާފުކުރަން އެދުމުން އޭނާ ވަނީ ވަނަވަރު އޮޅުވާލާ ފުލުހުންނަށް ދޮގު މައުލޫމާތު ދީފައި ކަމަށެވެ.

ފުލުހުން ހައްޔަރުކުރި އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ދެ ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *