ސޭލަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް -- ފޮޓޯ: އެސްޓީއޯ
ސޭލަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް -- ފޮޓޯ: އެސްޓީއޯ

ރޯދައާއި ދިމާކޮށް އެސްޓިއޯއިން އިންވާޓާ އައިސަލަމާރި އަގުހެޔޮކޮށްފި

ރޯދަމަހާ ދިމާކޮށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ އިންވާޓާ އައިސްއަލަމާރި އަގުހެޔޮކޮށްފި އެވެ.

އެސްޓީއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޕްރޮމޯޝަންގެ ދަށުން އެ ބްރޭންޑުގެ އައިސަލަމާރިން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށެވެ. އެގޮތުން ހަތަރު ފޫޓު އާއި ހަ ފޫޓުގެ އައިސް އަލަމާރި 4،299 ރުފިޔާ އާއި 11،999 ރުފިޔާއާ ދެމެދުގެ އަގެއްގައި ލިބޭނެ ކަމަށް ވެއެވެ.

އޭގެ އިތުރުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އިން ގަންނަ ކޮންމެ އައިސް އަލަމާރިއެއް ޑެލިވާކޮށްދިނުމުގެ ހިދުމަތާއި އަދި 18 މަސް ދުވަހުގެ ސާވިސް ވޮރެންޓީ އާއި ފަސް އަހަރު ދުވަހުގެ ކޮމްޕްރެސާ ވޮރެންޓީ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން ވަނީ ރޯދަމަހާއި ދިމާކޮށް ބާއްވާ ”އެސްޓީއޯ ރަމަޒާން ބާޒާރުމި އަހަރުގެ ރޯދަ މަހާ ދިމާކޮށް ފެށި މި ޕްރޮމޯޝަން ކުރިއަށް ’ ފަށާފައި އެވެ. އެ ޕްރޮމޯޝަން ކުރިޔަށް ދާނީ ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *