އެސްޓީއޯ ހެޑް އޮފީސް -- ދުވަސް ފައިލް ފޮޓޯ
އެސްޓީއޯ ހެޑް އޮފީސް -- ދުވަސް ފައިލް ފޮޓޯ

ހިއްސާ އަކަށް 76 ރުފިޔާ ބަހަން އެސްޓީއޯ އިން ނިންމައިފި

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓިއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާ އަކަށް 76 ރުފިޔާ ބަހަން އެ ކުންފުނިން ނިންމައިފި އެވެ.

އެއީ 2013 ވަނަ އަހަރު ހިއްސާގެ ގޮތުގައި ބަހަން ކަނޑައެޅި 24 ރ. އަށް ވުރެ ތިން ގުނަ ބޮޑު އަދަދެކެވެ. 76 ރުފިޔާ ހިއްސާއެއްގެ ގޮތުގައި ބަހަން ފާސް ކުރަން ހުށަހަޅާނީ ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށެވެ.

އެސްޓިއޯގެ މިދޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވާ ހުކުރު ދުވަހުގެ ރޭ ހޮޓެލް ޖެންގަ އެވެ.

އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުން ސާފު ފައިދާގެ ގޮތުގައި 480 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެ ކުންފުނީގެ ފައިދާ އިތުރުވިނަމަވެސް 2013 ވަނަ އަހަރާއި އަޅާ ބަލާއިރު އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފަ އެވެ.

2013 ވަނަ އަހަރު އެ ކުންފުންޏަށް 11.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު މިދިޔަ އަހަރު ލިބިފައިވަނީ 9.1 ބިލިއަން ރުފިޔާ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *