ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު—ފޮޓޯ: މަޖިލިސް
ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު—ފޮޓޯ: މަޖިލިސް

އަޅުގަނޑުމެންގެ ގައުމަކު ގޭންގެއް ނޫޅޭ: ނިހާން

މި ރާއްޖޭގައި ގޭންގެއް ނޫޅޭ ކަމަށާއި، ރާއްޖޭގެ އެއްވެސް ޒުވާނަކަށް އެ ލަފްޒު ޝާމިލު ކުރުމަށް އެއްވެސް ހައިސިއްޔަތަކުން އެއްވެސް ސިޔާސީ ބޭފުޅަކު އެއްވެސް ސްޓޭޖެއްގައި ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

މެމްބަރު ނިހާން މިހެން ވިދާޅުވީ ސަރުކާރަށް 365 ދުވަސް ވުމަ ގުޅިގެން މިމަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން މިރޭ މައްޗަންގޯޅީގައި ކުރިއަށްދިޔަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

”ބީޖީ ގްރޫޕަށް ގޭންގޭ ކިޔޭނެތޯ؟ ޓީސީ ގްރޫޕަށް ގޭންގޭ ކިޔޭނެތޯ؟ ކުރިން މިބުނި ”ކަތާ ހޮދޭ ވެޑަނަރަގެ“ (ރައީސް ނަޝީދަށް ނިސްބަތްކޮށް) އެ ގްރޫޕްތަކަށް ގޭންގުގެ ނަން އެބަދޭ، އެނގިވަޑައިގަންނަވާތޯ ގޭންގަކީ ކޮބައިކަން؟ އަޅުގަނޑުމެންގެ ގައުމަކު ގޭންގެއް“ ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ޒުވާނުންނަށް ގޭންގޭ ކިއުން އެއީ ގަބޫލު ކުރާނެ ހަމައެއް ނޫން ކަމަށެވެ. އަދި މާލެ ކަހަލަ ތޮއްޖެހިފައިވާ އާބާދީއެއްގެ ތެރޭގައި އެއްގެއިން ނިކުމެ އަނެއް ކަންމައްޗަށް އައިސް ރަށްޓެހިންނާއެކު އުފެދޭ ކުޑަ ޖަމާއަތްތަކުގައި އެކަކު އަނެކަކު ދިފާއު ކުރަން އުޅުމުގެ ހިތްވަރު ޒުވާން ލެއާ އެކީގައި ހުންނާނެ ކަމަށެވެ.

”އެމްޑީޕީން ކޮންމެ ކަމަކާ ގުޅިގެންވެސް، މީހަކަށް ރަނގަޅު ފެންވަރަކަށް ކައިގެން ވައެއް ލެވުނަސް އެ ގޭންގު، މީހަކަށް ވީ ނުވީއެއް ނޭންގުނަސް އެ ގޭންގު“ ނިހާން ވިދާޅުވިއެވެ.

މިމައުލޫގައި ވާހަކަފުޅު ދައްކަވަމުން ނިހާން އިތުރަށް ވިދާޅުވީ ކަންމަތީގައި އުޅޭ ޒުވާނުންނަށް ގޭންގޭ ކިޔާކަށް އެ ޖާގައެއް ނުދެވޭނެ ކަމަށެވެ. އަދި ގައުމު ކުރިއަށް ގެންދަންވީ ރާގަކީ އެއީ ނޫން ކަމަށްވެސް ނިހާން ވިދާޅުވިއވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *