މުޒާހަރާތެރެއިން އަނިޔާލިބުނު ފުލުހަކު ގެންދަނީ -- ދުވަސް ފޮޓޯ
މުޒާހަރާތެރެއިން އަނިޔާލިބުނު ފުލުހަކު ގެންދަނީ -- ދުވަސް ފޮޓޯ

ފުލުހަކަށް އަނިޔާކުރި މައްސަލައިގަ 12 ވަނަ މީހަކު ހައްޔަރުކޮށްފި

މި މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ފުލުހަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި 12 ވަނަ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނު 9:15 ހާއިރު ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލައާއި ގުޅުންހުރި ބައެއް މީހުން އަދިވެސް ހޯދަމުން ދާކަމަށެވެ.

އެގޮތުން މިދިޔަ އާދިއްތަ ދުވަހުވެސް ވަނީ އެ މައްސަލައާއި ގުޅުންހުރި ފަސް މީހެއްގެ ފޮޓޯ އާންމުކޮށްފަ އެވެ.

ފުލުހަށް އަނިޔާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އެންމެންނަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތު ޖަހައިދީފަ އެވެ. އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނެ އެވެ.

އެ ދުވަހު ކުރި މުޒާހަރާއިން 193 މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ފުލުހުންގެ ބަންދުން ދޫކޮށް 123 މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ވަނީ ފޮނުވައިފަ އެވެ.

މޭ އެކެއްގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ދެ ފުލުހަކަށް އަނިޔާވެގެން އިތުރު ފަރުވާ އަށް ލަންކާ އަށް ފޮނުވާލައިފައިވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *