އައްޑޫ ސިޓީ ހިތަދޫގައި ހިންގާ އަމިއްލަ ހޮސްޕިޓަލް އައިއެމްޑީސީ -- ފޮޓޯ: އައްޑޫ ލައިވް
އައްޑޫ ސިޓީ ހިތަދޫގައި ހިންގާ އަމިއްލަ ހޮސްޕިޓަލް އައިއެމްޑީސީ -- ފޮޓޯ: އައްޑޫ ލައިވް

އަމިއްލަ ޖަނަރޭޓަރެއް ބޭނުންކޮށްގެން އައިއެމްޑީސީއަށް ކަރަންޓްދޭން ފަށައިފި

އައްޑޫ ސިޓީ ހިތަދޫގައި ހިންގާ އަމިއްލަ ހޮސްޕިޓަލް އައިއެމްޑީސީން އިއްޔެ ކަރަންޓް ކަނޑާލުމުން އަމިއްލަ ޖަނަރޭޓަރެއް މެދުވެރިކޮށް އެތަނަށް ކަރަންޓް ދޭން ފަށައިފި އެވެ.

ކުރީގެ ހެލްތް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާގެ ހިއްސާ އޮންނަ ސިމްޑީ ގުރޫޕުން ހިންގާ އައިއެމްޑީސީން އިއްޔެ ކަރަންޓް ކަނޑާލުމާއި ގުޅިން އިއްޔެ އާއި ރޭ ހިދުމަތް ދީފައިވަނީ އުއްބައްތި ދިއްލައިގެންނެވެ.

އައިއެމްޑީސީގައި ހުރި ބެކަޕް ސިސްޓަމަށް ދިމާވެފައިހުރި ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށްފަހު އަމިއްލަ ޖަނަރޭޓަރެއް މެދުވެރިކޮށް އެ ހޮސްޕިޓަލަށް ކަރަންޓް ދޭންފެށީ ރޭ ދަންވަރު 12:30 ހާއިރުއެވެ. ހޮސްޕިޓަލުން ބުނެފައިވަނީ ބިލް ނުދައްކައިގެން ކަރަންޓް ކަނޑާލި އިރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި 12 މީހަކު ތިއްބެވެ.

ކަރަންޓް ކަނޑާލުމާއި ގުޅީގެން އެ ހޮސްޕިޓަލްގެ ފަރާތުން ވަނީ ކޯޓަށް އަވަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހަހަޅާފަ އެވެ. ނަމަވެސް އެކކި ސަބަބުތަކާހެދި މައްސަލަ ތާވަލްކޮށްފައިވަނީ މިއަދު ހެނދުނު 10:00 އަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ވިޔަފާރިވެރިންގެ ކަރަންޓް ބިލްތަށް އިންތިހާއަށް ބޮޑުވި މައްސަލައިގަ އެ ހޮސްޕިޓަލްގެ ބިލާ ގުޅޭގޮތުން އައްޑޫ ފެނަކަ އޮފީހަށް ހޮސްޕިޓަލުން ސިޓީއެއް ފޮނުވާފައިވާ ކަމަށާއި ނަމަވެސް ޖަވާބެއް ނުލިބޭކަމަށް ވެ އެވެ.

އެ ތަންތަނުން ކަރަންޓް ކަނޑާލާފައިވަނީ ކަރަންޓް ބިލްތަކަށް ގެނައި ބަދަލާއި ގުޅިގެން މިދިޔަ ދެ މަހު ބިލް ނުދައްކާތީ އެވެ.

އައިއެމްޑީސީން އިއްޔެ ކަރަންޓް ކަނޑާލާފައިވާއިރު ހިތަދޫގައި ހުންނަ ސިމްޑީގެ ޝޯ ރޫމުން ވަނީ މިދިޔަ ބުދަ ދުވަހު ކަރަންޓް ކަނޑާލާފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *