ކުނި މެނޭޖުކުރުމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފޯރަމެއް ރާއްޖޭގައި ބާއްވަނީ

އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ކުނި މެނޭޖްކުރުމާ ގުޅޭ ގޮތުން ބާއްވާ ”ތްރީ އާރް ފޯރަމް“ މިއަދު އިއުލާންކޮށްފި އެވެ.

ޔުނައިޓެޑް ނޭޝަންސް ސެންޓާ ފޯ ރީޖަނަލް ޑިވެލޮޕްމަންޓުން އެޑެޕްޓް ކޮށް، އެ ތަނުގެ ބެއްލުވުމުގެ ދަށުން ކުރިއަށްގެންދާ މި ފޯރަމްގެ ތްރީ އާރަކީ، ޜެޑިއުސް، ރީޔޫސް އަދި ރިސައިކަލް ކުރުމެވެ. މި ފޯރަމުގެ ތީމަކީ، އުފެދޭ ކުނީގެ އަދަދު މަދުކުރުމާއި ކުނީގެ ތެރެއިން ނައްތާލަންޖެހޭ މިންވަރު މަދުކުރުމެވެ.

އެގޮތުން މިއަދު ފެށީ، ފޯރަމްގެ ކުރިން ރިސޯޓުތަކަށް އަމާޒުކޮށްގެން ބާއްވާ މަޝްވަރާ ބައްދަލުވުންތަކެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ބައްދަލުވުމުގައި 52 ރިސޯޓަކުން ބައިވެރިވި ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

”ތްރީ އާރް ފޯރަމް“ ބާއްވާނީ އަންނަ އޮގަސްޓް މަހުގެ 17-19 އަށް ދަރުބާރުގޭގައި ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެ އެވެ. އެ ފޯރަމް ރާއްޖޭގައި ބާއްވަނީ، އެންވަޔަރްމެންޓް މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީ ގުޅިގެންނެވެ.

އޭޝިޔާ ޕެސިފިކް ސަރަހައްދުގެ 30 ގައުމަކުން 300 އެއްހާ މަންދޫބުން މި ފޯރަމުގައި ބައިވެރިވާނެއެވެ.

ރާއްޖެއަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމުގެ ގޮތުން، ”ސާފު ރާއްޖެ“ ނަމުގައި މުޅި ރާއްޖެ ސާފު ކުރުމުގެ ބިޔަ ޕްރޮޖެކްޓެއް ވެސް މިނިސްޓްރީ އާއި މުއައްސަސާތަކާ ގުޅިގެން ވަނީ ފަށައިފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *