ކަރަންޓު ބިލު ބޮޑު ކުރުމާއި ގުޅިގެން އައްޑޫގައި ވިޔަފާރިވެރިން ކުރި މުޒާހަރާގެ ތެރެއިން-- ފޮޓޯ:އައްޑޫ ލައިވް
ކަރަންޓު ބިލު ބޮޑު ކުރުމާއި ގުޅިގެން އައްޑޫގައި ވިޔަފާރިވެރިން ކުރި މުޒާހަރާގެ ތެރެއިން-- ފޮޓޯ:އައްޑޫ ލައިވް

ފިހާރައަކުން ކަރަންޓު ކަނޑާނުލަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފި

ކަރަންޓު ބިލު ބޮޑު ކުރުމާއި ގުޅިގެން ބިލު ނުދައްކާ އޮތް ފިހާރައަކުން ކަރަންޓު ކަނޑާނުލުމަށް ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.

ހިތަދޫ ކޯޓުން ރޭ އަމުރެއް ނެރެފައިވަނީ ބިލު ނުދައްކައިގެން ހިތަދޫ އެމްއެމް ޓްރޭޑާސްއިން ކަރަންޓު ކަނޑާލުމާއި ގުޅިގެން އެ ފިހާރައިގެ ވެރިމީހާ ހިތަދޫ ކަސްރަތީގެ މުހައްމަދު މޫސާ އެ މައްސަލަ ކޯޓަށް ހުށަހެޅުމާއި ގުޅިގެންނެވެ.

އޭނާ ހުށަހެޅި މައްސަލައިގަ ވަނީ ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ކަރަންޓު ކަނޑާނުލުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފަ އެވެ.

މައްސަލަ ބެލުމަށް ފަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ވަގުތީ އަމުރުގައި ބުނެފައިވަނީ ކަރަންޓުގެ ހިދުމަތް އެފިހާރައިން ކެނޑިފައި އޮތުމުން ފިހާރައިގެ ވެރިފަރާތަށާއި، ކަސްޓަމަރުންގެ ހައްގުތަކަށް އުނިކަން ލިބިދާނެ ކަމެއް ކަމަށެވެ. އަދި އެ ފިހާރައިން ކަރަންޓް ކަނޑާލާފައިވަނީ މިދިޔަ މާޗު މަހުގެ ބިލްގައި މައްސަލަތަކެއް އުޅޭކަމަށް ބުނެ އެ ފިހާރައިގެ ވެރިފަރާތުން ފެނަކައަށް ސިޓީއެއް ފޮނުވާފައިވަނިކޮށް ކަމަށާއި އެ ސިޓީގެ ޖަވާބުވެސް އަދި ނުދޭ ކަމަށެވެ.

ހިތަދޫ ފިހާރައަކުން ކަރަންޓު ނުކެނޑުމަށް ފެނަކައިގެ މައްޗަށް އަމުރެއް ނެރެފައިވާއިރު، ހިތަދޫގައި ހުންނަ ކުރީގެ ހެލްތް މިނިސްޓަރު ޑރ.މަރިޔަމް ޝަކީލާގެ ހިއްސާ އޮންނަ ސިމްޑީ ޝޯ ރޫމުން ވެސްވަނީ ކަރަންޓު ކަނޑާލާފައެވެ.

ވިޔަފާރިތަކުގެ ކަރަންޓް ސަބްސިޑީ ކަނޑާލުމާއި ގުޅިގެން އައްޑޫ ސިޓީގެ ވިޔަފާރިވެރިންގެ އިތުރުން އަތޮޅުތެރޭގެ ހުރިހާ ރަށެއްގެ ވިޔަފާރިވެރިންވަނީ ނުރުހުން ފާޅުކޮށް ފެނަކައަށާއި ރައީސް އޮފީހަށް ސިޓީ ފޮނުވާފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *