އެމްބްރޯޝިއާ ހޮޓަލުން 20000 ރުފިޔާ ވަގަށްނެގި މީހަކު ދެ އަހަރާއި އަށް މަހަށް ޖަލަށް

އެމްބްރޯޝިއާ ހޮޓަލުން -/20،000 ރުފިޔާ ވަގަށްނެގި މީހަކު ދެ އަހަރާއިއަށް8 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެ ކޯޓުން ޙުކުމްކޮށްފައިވަނީ މ. ދިއްގަރު، ޢަޒުމް، މުޙައްމަދު އަސްޢަދު (25އ) ގެ މައްޗަށެވެ.

ދަޢުލަތުން އޭނާގެ މައްޗަށް ވައްކަން ކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ، 2012 ނޮވެމްބަރު 26 ވަނަ ދުވަހުގެ ވަގުތެއްގައި ގަލޮޅު ބަނަފްސާ މަގުގައި ހުންނަ “އެމްބްރޯޝީއާ” ހޮޅަތުން -/20،000 ރ ވަގަށްނަގާފައިވާ މައްސަލައާ ގުޅިގެންނެވެ.

މި ދަޢުވާ ބެލުމަށްފަހު ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނަނީ، ދަޢުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ޤަރީނާތަކުން ޝަރީޢަތަށް މި ދަޢުވާ ސާބިތުވާކަމަށެވެ.

އެހެންކަމުން، އަޙްމަދު އަސްޢަދު ވައްކަން ކުރުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިއީ އޭނާ މައްޗަށް ވައްކަން ކުރުމުގެ ކުށެއް ސާބިތުވި ފުރަތަމަފަހަރު ކަމަށްވާތީ، 6 މަސްދުވަސް، އަދި އޭނާ ވައްކަން ކޮށްފައިވަނީ -/10،000 ރ އަށްވުރެ މަތީ ޢަދަދަކުންކަމަށް ވާތީ، 1 އަހަރާއި 8 މަސްދުވަސް، އަދި އޭނާ ނު ވައްކަން ކޮށްފައިވަނީ ސައި ހޮޓަލަކުން ކަމަށް ވާތީ، 6 މަސްދުވަސް، އެކު ޖުމްލަ 2 އަހަރާއި 8 މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމް ކުރާ ކަމަށްވެސް ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގައި ވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *