ރާޢްޖޭގައި މަތީތައުލީމު ހާސިލް ކުރި ދަރިވަރުންތަކެއް -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ރާޢްޖޭގައި މަތީތައުލީމު ހާސިލް ކުރި ދަރިވަރުންތަކެއް -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މަތީ ތައުލީމަށް ބޭރަށްދާ ފަރާތްތަކުން ރަޖިސްޓްރީވާން އަންގައިފި

މަތީ ތައުލީމް ހާސިލްކުރުމަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކުން ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަންގައި ރަޖިސްޓްރީވުމަށް އެ ޑިޕާޓްމަންޓުންއަންގައިފި އެވެ.

ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މަތީ ތައުލީމާއި ތަމްރީނު ހާސިލްކުރުމަށް ރާއްޖެއިން ބޭރަށްދާ ފަރާތްކުން ރަޖިސްޓްރީކުރަން ހުޅުވާލީ ރާއްޖެއިން ބޭރުގައި ތައުލީމް ހާސިލްކުރަން ތިބޭ އެކިއެކި ދަރިވަރުންނަށް މަދުން ނަމަވެސް ދިމާވާ ކުއްލި ހާލަތްތަކާއި ގުޅިގެން ސަރުކާރުގެ ކަމާގުޅޭ އޮފީސްތަކުންނާއި އަމިއްލަ ފަރާތްތަކުން އެ ދަރިވަރުންނާއި ބެހޭ މައުލޫމާތު ހޯދުމަށާއި އެ ދަރިވަރުންނާއި ގުޅޭ އެކިއެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ދިމާވަމުންދާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކަމަށެވެ.

ރާއްޖޭގެ އެކި ދާއިރާތަކަށް ބޭނުންވާ މައުލޫމާތު ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުގައި ރަޖިސްޓްރީ ކުރުމަކީ މުހިއްމު ކަމެއް ކަމަށް ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަނުން ބުނެ އެވެ. އަދި އެއްކުރެވޭ މައުލޫމާތުތަކަކީ ރައްކާތެރިކަމާއެކު ބެލެހެއްޓޭ ރަސްމީ ބޭނުންތަކަށް އެކަނި ބޭނުންކުރެވޭ ސިއްރު މައުލޫމާތު ކަމަށްވެސް އެ ޑިޕާޓްމަންޓުން ބުނެ އެވެ.

ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަނުން ބުނީ މަތީ ތައުލީމްގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ފަންނީ، އިގްތިސޯދީ، އިޖުތިމާއީ އަދި މާލީ ގޮތުން ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ހެދޭ އެކިއެކި ދިރާސާތަކާއި ޕްލޭންތައް ކުރުމަށް ދަރިވަރުންގެ މައުލޫމާތަކީ ބޭނުންތެރި މައުލޫމާތެއް ކަމަށް އެ ޑިޕާޓްމަންޓުން ދެކޭ ކަމަށެވެ.

ރާއްޖެއިން ބޭރަށްދާ ދިވެހިން ރަޖިސްޓްރީވުމަށް ފޮރިން މިނިސްޓްރީންވެސް މީގެ ކުރިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި އިއުލާން ކޮށްފައި މިވަނީ މިދިޔަ މަހު ފަހުކޮޅު ނޭޕާލަށް އައި ބިން ހެލުމާއި ގުޅިގެން އެ ގައުމުގައި ތިބި ދިވެހިންގެ މައުލޫމާޓު ހޯދުމަށް ދަތިތަކާއި ކުރިމަތިވި ކަމަށް ސަރުކާރުން ބުނުމަށް ފަހު އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *