އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު --
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު --

އޭވިއޭޝަން ސެކިއުރިޓީގެ އަށް އޮފިސަރަކު ވަޒީފާއިން ވަކިކޮށްފި

އިންޓެލިޖެންސްގެ ”ސިއްރު“ މައުލޫމާތު އޭވިއޭޝަން ސެކިއުރިޓީގެ އަށް އޮފިސަރަކާ ބެހޭ ގޮތުން އެބަހުރި ކަމަށް ބުނެ، އެ މީހުން ވަޒީފާ އިން މިއަދު ވަކިކޮށްފި އެވެ.

ވަޒީފާ އިން އެ މީހުން ވަކިކުރި ކަމުގެ ލިޔުމުގައި ބުނެފައިވަނީ އިންޓެލިޖެންސުން ދީފައިވާ ސިއްރު މައުލޫމާތުގެ މައްޗަށް ބިނާކޮށް، ގައުމީ ސަލާމަތް ރައްކާތެރި ކުރުމުގެ ވަޒީފާއެއްގައި ހުންނަ މުވައްޒަފެއްގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ވަޒީފާ އިން ވަކިކުރި އަށް މީހުންނަށް ގެއްލިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެ މީހުން ވަޒީފާ އިން ވަކިކުރީ ސިވިލް ސާވިސް ގަވާއިދުގެ 273 ވަނަ މާއްދާގެ ށ. އާއި ގާނޫނުގެ 41 ވަނަ މާއްދާގެ ށ. އަށް ރިޔާއަތްކޮށް، 47 ވަނަ މާއްދާގެ ނ. 3 ގެ ދަށުންނެވެ.

ސިވިލް ސާވިސްގެ ގަވާއިދުގެ މުވައްޒަފުންނާ މެދު ވަގުތުން ފިޔަވަޅު އެޅޭނެ ހާލަތްތައް ބަޔާންކުރާ 273 ވަނަ މާއްދާގެ ށ. ގައި ވަނީ، ވަޒީފާގައި އިތުރަށް ބެހެއްޓުމުން، ވަޒީފާ ދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ފަރާތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އޮތުމެވެ.

ގާނޫނުގެ 41 ވަނަ މާއްދާގައި ބަޔާން ކުރަނީ ވަޒީފާ އަށް އައްޔަން ކުރުމުގެ ޝަރުތުތަކެވެ. އަދި ވަޒީފާ އިން ވަކިކުރުން ބަޔާން ކުރާ ގާނޫނުގެ 47 ވަނަ މާއްދާގެ ނ. ގެ 3 ގައި ބަޔާން ކުރަނީ މި ގާނޫނާއި ދިވެހި ސިވިލް ސާވިސްގެ ގަވާއިދާއި ދިވެހި ސިވިލް ސާވިސް ކޯޑު އޮފް ކޮންޑަކްޓާ ހިލާފުވިކަން ސިވިލް ސާވިސް ކޮމިޝަނަށް ސާބިތުވުމެވެ.

އޭވިއޭޝަން ކޮމާންޑުން ވަކިކުރި އޮފިސަރުންގެ ތެރޭގައި ޑިޕާޓްމަންޓުތަކެއްގެ އިސް ބޭފުޅުން ތަކެއް ހިމެނެ އެވެ. ވަކިކުރި އަށް ބޭފުޅުންނަކީ ވެސް އެމްޑީޕީގެ މެމްބަރުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *