ހުކުރު ދުވަހުގެ މުޒާހަރާގައި އަމީން -- ދުވަސް ފައިލް ފޮޓޯ
ހުކުރު ދުވަހުގެ މުޒާހަރާގައި އަމީން -- ދުވަސް ފައިލް ފޮޓޯ

އަމީންގެ ބަންދުގެ މައްސަލަ އިސްތިއުނާފުކޮށްފި

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ އިސްތިއުނާފު ކޮށްފި އެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މިއަދު އެވެ. ހައިކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފަ އެވެ.

ކްރިމިނަލް ކޯޓުން އަމީން އިބްރާހީމް ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖެހީ އަމީން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފުލުހުން ކޯޓުގައި ބުނުމާއި ގުޅިގެންނެވެ.

އަމީން އިބްރާހީމް އާއި ބައްދަލުކުރެއްވުމަށް އާއިލާގެ ބޭފުޅުން ވަނީ ދޫނިދޫއަށް ގޮސްފަ އެވެ.

އަމީން ގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީޣެ ރައީސް ޝައިހް އިމްރާންގެ ބަންދުގެ މުއްދަތު އިތުރު ކުރި މައްސަލަ އިއްޔެ ވަނީ އިސްތިއުނާފުކޮށްފައެވެ.

އަމީން އާއި އިމްރާންގެ އިތުރުން އަލީ ވަހީދު ހައްޔަރުކޮށް ބައިތިއްބާފައި ތިބީ ސިޔާސީ މީހުން ބޭތިއްބުމަށް އެކަށީގެންނުވާ ފެންވަރުގެ ފަންކާ އާއި އަލިކަމެއް ނެތް ތަނެއްގައި ކަމަށް އަދާލާތު ޕާޓީން އިއްޔެ ވަނީ ބުނެފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *