ހަވަނަ ފަހަރަށް ވައްކަމުގެ ކުށް ސާބިތުވި މީހަކު އަށް އަހަރަށް ޖަލަށް

ހަވަނަ ފަހަރަށް ވައްކަމުގެ ކުށް ސާބިތުވި މީހަކު އަށް އަހަރަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މީހުން ދިރިއުޅޭތަނަކުން ވައްކަންކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމް ކޮށްފައިވަނީ ޅ. ކުރެންދޫ، ބޮޑުގަސްދޮށުގެ، ޢަބްދުﷲ ޝަރީފް (37އ) ގެ މައްޗަށެވެ.

ދަޢުލަތުން އޭނާގެ މައްޗަށް މީހުން ދިރިއުޅޭ ތަނަކުން ވައްކަންކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ، 2012 މާރޗް 04 ދުވަހު މ. ދުށިމް ގޭގެ ސިޓިންގ ރޫމްގައި ހުރި އިސްތިރިކުރާ މޭޒު މަތީގައި ބަހައްޓާފައި ހުރި އަތްދަބަސް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެންނެނެވެ.

މި ދަޢުވާ ބެލުމަށްފަހު ދަޢުލަތުން ކޮށްފައިވާ ޙުކުމުގައި ބުނަނީ، އެ ވައްކަންކުރީ ޢަބްދުﷲ ޝަރީފްކަން ދަޢުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާކަމަށެވެ.

އެހެންކަމުން، މީހުން ދިރިއުޅޭ ތަނަކުން ވައްކަންކުރުމުގެ ކުށުގެ ދަޢުވާ ޢަބްދުﷲ ޝަރީފެްގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި މިއީ އޭނާގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވާ 6 ވަނަ ފަހަރު ކަމަށްވާތީ، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން 6 އަހަރު ދުވަސް، އަދި މި ވައްކަން ކޮށްފައިވަނީ މީހުން ދިރިއުޅޭ ތަނަކުން ކަމަށްވާތީ 2 އަހަރު ދުވަސް، އެކު ޖުމްލަ 8 އަހަރު ދުވަހުގެ މުއްދަށް ޖަލަށް ލުމަށް ޙުކުމް ކުރާކަމަށްވެސް ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގައި ވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *