ފޮޓޯ - އެންވަޔަރަމެންޓް މިނިސްޓްރީ
ފޮޓޯ - އެންވަޔަރަމެންޓް މިނިސްޓްރީ

ބޯފެނަށް ޖެހޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހާއްސަ މަޝްރޫއެއް ފަށައިފި

ހޫނު މޫސުމުގައި ރަށްރަށުން ބޯފެނަށްޖެހޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހިންގޭ ޚާއްސަ މަޝްރޫއެއް އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ފަށައިފި އެވެ.

އެ މިނިސްޓްރީން ބުނީ މި މަޝްރޫއު ފެށުމުގެ ރަސްމިއްޔާތު މިއަދު ރ. އުނގޫފާރުގައި ބާއްވާފައިވާކަމަށެވެ. އަދި މިރަސްމިއްޔާތު އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަލްފާޟިލް ތޯރިޤް އިބްރާޙިމް ކަމަށެވެ.

ފުރަތަމަ ފިޔަވައްސެއްގެ ގޮތުން ރ އަތޮޅު އަދި ބ އަތޮޅަށް އަމާޒުކޮށްގެން މި ކުރިއަށްދާ މަޝްރޫޢުގެ ދަށުން ހޫނު މޫސުމުގައި ބޯފެނަށްޖެހޭ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ރ. ވާދޫ އަދި ބ. ކަމަދޫގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމްކުރުމަށް މަސައްކަތް މިއަދު ހަވާލުކުރެވިގެންދިޔަ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިއަދު އުނގޫފާރުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ގެވާހަކަފުޅުގައި ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކޮންމެ އަހަރަކުވެސް ހޫނު މޫސުމުގައި ބޯފެނަށްޖެހޭ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މިސަރުކާރުން އެއްމެނަށ ްސާފުބޯފެން ހޯދައި ދިނުމަށް ހިފާފައިވާ އަމާޒަށް ވާޞިލްވުމުގެ މަސައްކަތަށް އިތުރުވެގެންދާ ބޮޅެއްކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިއަދު މިފެށިގެންދަނީ ރ ވާދޫ އަދި ބ ކަމަދޫގައި ވާރޭ ފެން ނަގާ ރައްކާކުރާނެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނަމަވެސް މި ދެ އަތޮޅުގެ އެހެން ރައްތަކުގައިވެސް ކުރިއަށް އޮތް މަސްތެރޭގައި މި ފަދަ ނިޒާމްތައް އެހެން ރައްތަކުގައިވެސް ޤާއިމްކުރުމަށް ހަވާލު ކުރެވިގެންދާނެ ކަމުގައި މިނިސްޓަރގެ ވާހަކަ ފުޅުގައި ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުނިންމާލަމުން މިމަޝްރޫއު ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށްޓަކައި ރ. އަދި ބ.އަތޮޅު ކައުންސިލާއި ރަށުކައުންސިލާއި އަދި އަތޮޅުގެ އެންމެހާރައްޔިތުން ދެއްވާއެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށްޝުކުރު އަދާކުރެއްވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *