އެމްޑީޕީން ބޭއްވި އެއްވުމެއް -- ފޮޓޯ: އެމްޑީޕީ
އެމްޑީޕީން ބޭއްވި އެއްވުމެއް -- ފޮޓޯ: އެމްޑީޕީ

ދިއްގަރު ދާއިރާގެ އެމްޑީޕީ ޓިކެޓަށް ސަރުތު ހަމަވީ ދެބޭފުޅުން: އެމްޑީޕީ

ރައްޔިތުންގެމަޖިލިސް މ ދިއްގަރު ދާރިރާއިން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރާ ދެ ފަރާތަކުން ކުރިމަތިލާފައިވާކަމަށް އެ ޕާޓީން ބުނެފި އެވެ.

އެ ޕާޓީގެ އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރައްޔިތުންގެމަޖިލިސް މ ދިއްގަރު ދާއިރާއިން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ކެންޑިޑޭޓުންނާއި އެކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރު އާއްމުކޮށް އަންގައި އިއުލާންކުރާ ކަމަށެވެ.

އެ އިއުލާނުގައި ވާގޮތުން ދިއްގަރު ދާއިރާގެ ޓިކެޓަށް ކުރިމަތިލެއްވި ދެ ބޭފުޅުންނަކީ މ.މަޑުއްވަރީ، ކާނިގެ އަހުމަދު ރާޟީ އާއި މާފަންނު ތްރީއޭވިލާ އިބްރާހިމް ޖިހާދެވެ.

އެމްޑީޕީގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ އަހުމަދު ރާޟީގެ ކެނޑިޑޭޓް ނަމްބަރަކީ އެކެއް ކަމަށާއި އިބްރާހިމް ޖިހާދުގެ ކެނޑިޑޭޓް ނަމްބަރަކީ ދޭއް ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *