ޕީޕީއެމް މައުމޫން ފެކްޝަނުން ބޭއްވި ހަފްލާއެއް-- ފޮޓޯ: ޕީޕީއެމް
ޕީޕީއެމް މައުމޫން ފެކްޝަނުން ބޭއްވި ހަފްލާއެއް-- ފޮޓޯ: ޕީޕީއެމް

ދިއްގަރު ދާއިރާގެ ގޮނޑި ފާރިޝްއަށް ކާމިޔާބު ކޮށްދިނުމަށް މައުމޫން އެދިވަޑައިގެންފި

ދިއްގަރު ދާއިރާގެ ބައި އިލެކްޝަންްގައި ޕީޕީއެމްގެ ކެންޑިޑޭޓް ފާރިސް މައުމޫނަށް ކާމިޔާބީ ހޯދައިދޭން، އެ ޕާޓީގެ ލީޑަޝިޕާއި އާއްމު މެމްބަރުން މަސައްކަތް ކޮށްދެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ އެދިވަޑައިގެންފި އެވެ.

ދަރިކަލުން ފާރިސް ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީ ކާމިޔާބުކުރެއްވުމާ ގުޅިގެން އެންދެރިމާގޭގައި ޕާޓީގެ އިސް ބޭފުޅުންނަށް ބޭއްވި ހަފްލާއެއްގައި މައުމޫން ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގައި ފެނިގެން ދިޔައީ ވަރަށް ރީތި ނަމޫނާއެއް ކަމަށެވެ. ޕްރައިމަރީގައި ފާރިސްއާ ވާދަކުރެއްވި މޫސާ ނަސީރުގެ ކިބައިން ވެސް ފެނުނީ، ޑިމޮކްރަސީގެ ރީތި ނަމޫނާ ކަމަށް ވިދާޅުވި އެވެ.

ދިއްގަރު ދާއިރާގެ ގޮނޑި ޕީޕީއެމުން ކާމިޔާބުކުރުމަކީ މުހިއްމު ކަމެއްކަން ފާހަގަކުރައްވައި، ސަރުކާރު ދެމެހެއްޓުމަށް، ފާރިސް އަށް ދިއްގަރު ގޮނޑި ކާމިޔާބުކޮށްދޭން ގުޅިގެން މަސައްކަތް ކުރުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ޕްރައިމަރީގައި ކެންޑިޑޭޓަކު ކަނޑައެޅެންދެން، އެ ޕްރައިމަރީއާ ގުޅޭގޮތުން އެއްޗެއް ވިދާޅުނުވެ ހުންނެވީ އެއްވެސް މީހަކަށް ޕާޓީގެ ރައީސް ތާއީދުކުރެއްވުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް ފެނިވަޑައިނުގެންނެވުމުން ކަމަށް މައުމޫން ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ޕީޖީ ގްރޫޕު ލީޑަރު އަހުމަދު ނިހާނާއި ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބާއްވާ ގޮތަށް ހަމަޖައްސާފައި ވަނީ ޖޫން ހަވަނަ ދުވަހު އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *