ޗެމްޕިއަންސްލީގު: ފަހުވަގުތުގައި ލިބުނު ޕެނެލްޓީ ނާކާމިޔާބުވެ ޗެލްސީ އެއްވަރުވެއްޖެ

ހީރޯ އިންޑިއަން ސުޕަރލީގުގައި ރޭ ޕޫނޭ އެފްސީއިން ލީގު ލީޑަރުންކަމަށްވާ އެތްލެޓިކޯ ޑި ކޮލްކަޓާގެ މައްޗަށް ކުރިހޯދައިފިއެވެ.

ނެހުރޫ ސްޓޭޑިއަމްގައި ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ޕޫނޭ އެފްސީ ކާމިޔާބުކުރިއިރު، މެޗުގެ 35 ވަނަ މިނެޓުގައި ޑުޑޫގެ ގޯލާއެކު ޕޫނޭ އެފްސީއިންވަނީ މެޗުގެ ލީޑުނަގާފައެވެ. ދެވަނަ ހާފް ފެށިގެން މާ ގިނައިރެއްނުވެ ކަޓްސޮރަނިސްގެ ގޯލާއެކު ޕޫނޭ އެފްސީއިން  މެޗުގެ ލީޑު ފުޅާކުރިއިރު މެޗުގައި ކޮލްކަޓާއިން ޖެހި ހަމައެކަނި ގޯލް މެޗުގެ 84 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކޮށްދީފައިވަނީ ފިކްރުއެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން އަނެއްކާވެސް ޕޫނޭ އެފްސީއިން އިތުރު ގޯލެއްޖަހާ މެޗުގެ ފަރަގު ދެމެހެއްޓިއެވެ. ގޯލް ކާމިޔާބުކޮށްދިނީ ޑޭވިޑެވެ.

މެޗުން މޮޅުވި ޕޫނޭ އެފްސީ އޮތީ 10 ޕޮއިންޓާއެކު އިންޑިއަން ސުޕަރލީގު ތާވަލުގެ 3 ވަނައިގައެވެ. ބަލިވިނަމަވެސް ތާވަލުގެ އެއްވަނައިގައި 12 ޕޮއިންޓާއެކު އޮތީ އެތުލެޓިކޯ ޑި ކޮލްކަޓާއެވެ. ނަމަވެސް އެއީ 2 ވަނައިގައިއޮތް ޗެންނާއީ އެފްސީއަށްވުރެ 2 މެޗު އަދި 3 ވަނައިގައިއޮތް ޕޫނޭ އެފްސީއަށްވުރެ 1 މެޗު އިތުރަށް ކުޅެގެނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *