ފުލުހުން ބަލަމުން އަންނަ ހިޔާނާތުގެ މައްސަލައެއްގައި ގިނަ އަދަދެއްގައި ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ޝަންގްރިއްލާ ރިސޯޓުން އެ ރިސޯޓްގެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިޔާނާތުގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ރިސޯޓުން ހައްޔަރުކޮށްފައިވަނީ ރިސޯޓުގެ ފައިނޭންސް ޑިޕާޓްމެންޓްގައި މަސައްކަތް ކުރަމުން އައި މުވައްޒަފެކެވެ. އަދި އެމީހާ ހައްޔަރު ކުރީ 68000 އަށްވުރެ ގިނަ ޑޮލަރަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ކަމަށްވެސް ދުވަހަށް މައުލޫމާތު ލިބިފައި ވެ އެވެ.