މަޖިލީހުގެ މިއަދުގެ ޖަލްސާ -- ފޮޓޯ: ޓުވިޓާ
މަޖިލީހުގެ މިއަދުގެ ޖަލްސާ -- ފޮޓޯ: ޓުވިޓާ

ސެކިއުރިޓީންނާއި އެކު މަޖިލީހުގެ ޖަލްސާ ކުރިޔަށް!

މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ އޮފިސަރުންނާއި އެކު މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައިފި އެވެ.

ތާޅަފިއްޔާ ދުންމާރި ޖަލްސާއަށް ނުވެއްދޭނެ ކަމަށް މަޖިލީހުން ފާސްކުރުމާއި ގުޅިގެން އިއްޔެ އެމްޑީޕީގެ މެންބަރުން ވަނީ ރިޔާސަތުގެ މޭޒުކައިރިއަށް ގޮސް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ބޭނުން ކުރައްވާ މައިކުން އަޑުގަދަކޮށްފައެވެ. އިއްޔެގެ މަޖިލީހުގެ ޖަލްސާ ކުރިޔަށް ނުގެންދެވިގެން ހުއްޓާލީ އެހެވެންވެ އެވެ.

މިއަދުގެ ޖަލްސާ ފެށިގެން ކުރިޔަށް ދާއިރު ރިޔާސަތުގެ މޭޒު ވަށައިގެން ދުރު ދުރުގައި މަޖިލީހުގެ ސެކިއުރިޓީ ގާޑުން ތިބި އިރު ރިޔާސަތާ ހަމައަށް އެމްޑީޕީ މެންބަރުންނަށް ނުދެވޭގޮތަށް ވަނީ ހަދާފަ އެވެ. މިއަދު އެމްޑީޕީ މެންބަރުން އިހުތިޖާޖު ކުރަނީ އިދާރީ މޭޒު ކައިރީގަ އާއި ސެކިއުރިޓީން ކައިރީގަ އެވެ.

މިއަދުގެ ޖަލްސާ އެމްޑީޕީ މެންބަރުންގެ އިހުތިޖާޖު ކުރުންތަކާއި އެކު ކުރިޔަށް ގެންދާއިރު މަޖިލީހުގެ މިއަދުގެ ޖަލްސާގެ ފީޑުވެސް ވަނީ ޖަލްސާ ފެށުމާއި އެކު ދޫކުރަން ފަށާފަ އެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ބަހުސް ކުރައްވަމުން ގެންދަވަނީ އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށެވެ. އެއީ ފޭރާމުގެ ޑިއުޓީ ކަނޑާލައި، ސައިކަލްގެ ޑިއުޓީ ކުރިން ހުރި ވަރަށް ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލްގެ ކޮމިޓީ ރިޕޯޓަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *