މިއަދު ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ޓުވިޓާ
މިއަދު ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ޓުވިޓާ

ރައީސް ނަޝީދާއި ނާޒިމްގެ މައްސަލަ އިސްތިއުނާފު ކުރުމަށް ރައީސް އެދިވަޑައިގެންފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މައްސަލަ އިސްތިއުފާން ކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އއ. ފެރިދޫ ކައުންސިލްގެ ހުރިހާ މެމްބަރުން ޕީޕީއެމްއަށް ސޮއިކުރުމަށް މިއަދު މުލިއާގޭގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް ނަޝީދަށާއި ނާޒިމަށް ހުކުމެއް އައިސްގެން ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކޮށްދެވޭނެ ކަމެއް ނެތް ކަމަށާއި އެ މައްސަލަތައް އިސްތިއުނާފް ކުރުމަށް އެދިވަޑައއިގަންނަވާ ކަމަށެވެ.

”އަޅުގަނޑު ރައީސް ނަޝީދަށް ވެސް އަދި އެ ޕާޓީގެ އިސްބޭފުޅުންނަށް ވެސް ހިތްވަރު ދޭން ބޭނުންވަނީ އެބޭފުޅުން އެ މައްސަލައާޢިގެން އިސްތިއުނާފަށް ވަޑައިގަންނަވާށޭ،“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިސްތިއުނާފުގެ މަރުހަލާއަށް ނުގޮސް ރައީސް ނަޝީދު މިނިވަންކޮށްދޭށޭ ބުނީމަ އުސޫލުން ބޭރުން އެކަން ނުކުރައްވާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ހަމަ އެހެންމެ ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު މައްސަލައަކީ ނުހިނގާ ކަމެއްކަމަށް ހެދުމަށް ހުށަހެޅުމުން އެގޮތަށް އެކަން ނުކުރެއްވީވެސް އޮންނަ މަގުން ކަންކަން ގެންދިއުމަށް ކަމަށް ވިދާޅުވި އެވެ.

މިސަރުކާރުން އަނިޔާވެރިވުމަކީ ”ކުށަށް އަރައި ގަންނަ ބަޔަކަށް އަދަބުދިނުން ކަމަށްވާ ނަމަ މިސަރުކާރުން އެކަން ތަންފީޒު އެބަކުރޭ“ ކަމަށާއި މިސަރުކާރުން ކޯޓުތަކުން ނިންމާނިންމުމަށް އިހުތިރާމްކޮށް ތަންފީޒު ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިއަދު ބޭއްވި އެހަފްލާގައި ވަނީ ފެރިދޫގެ ޖުމްހޫރީ ޕާޓީގެ ތިން މެމްބަރުންނާ އެކު އެ ރަށު ހުރިހާ ކައުންސިލަރުން ޕީޕީއެމް އަށް ސޮއިކުރައްވައި ރައީސް އާއި ފޯމް ހަވާލުކުރައްވާފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *