މއ. އަތަރުލާގެ، މުޙައްމަދު ޝާނީޒް (36އ)
މއ. އަތަރުލާގެ، މުޙައްމަދު ޝާނީޒް (36އ)

މާޗް މަހުގައި ގެއްލުނު ޝާނީޒްގެ މައުލުމާތު އެނގޭނަމަ ހިއްސާ ކުރުމަށް ފުލުހުން އެދިއްޖެ

މާރޗް 28 ވަނަ ދުވަހު ހެނދުނު 0830 ގައި މާލެއިން ފުރައިގެން ރ. ދުވާފަރަށް ދަތުރުކުރި “ދުވާފަރު” ނަމަކަށް ކިޔާ ބޯޓުން ދަތުރު ކުރި މއ. އަތަރުލާގެ، މުޙައްމަދު ޝާނީޒް، 36އ (ފޮޓޯ) އާ ބެހޭ އެއްވެސް މަޢުމާތެއް އެނގޭ ފަރާތެއް ވާނަމަ އެކަން ހިއްސާ ކުރުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން ބުނީ މުޙައްމަދު ޝާނީޒް އެންމެ ފަހުން ފެނިފައިވަނީ 2014 މާރޗް 29 ވަނަ ދުވަހު ދަންވަރު 0245 ހާއިރު “ދުވާފަރު” ބޯޓުގެ ތިރީ ގެގަޑުގެ ކުރީކޮޅުގައި ނިދާފައި އޮއްވާ ބޯޓުގެ ފަޅުވެރިއަކަށް ކަމަށެވެ. އަދި އެވަގުތު ބޯޓު ދަތުރުކުރަމުން ދިޔައީ ބ. ދަރަވަންދޫ ބޭރުން ކަމަށެވެ.

މުޙައްމަދު ޝާނީޒް ބޯޓުގައި ނެތްކަން އެނގުނީ 2014 މާރިޗް 29 ވަނަ ދުވަހުގެ ހެނދުނު 0900 ހާއިރު ރ. ދުވާފަރަށް ބޯޓު ކައިރިކުރުމުންކަމަށް ބޯޓުގެ ވެރިފަރާތުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށާއި މުޙައްމަދު ޝާނީޒް އެންމެ ފަހުން ފެނުނު އިރު ލައިގެންހުރީ ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި މުށިކުލައިގެ ސްކިނީ ޖީންސެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.

އޭނާއަކީ ހަމުގެ ކުލަ އަލި، ބޮލުގެ އިސްތަށިގަނޑު އާދައިގެ ވަރަކަށް ދިގު، ހަށިގަނޑު ހިކި، އިސްކޮޅުގައި ގާތްގަނޑަކަށް 05 ފޫޓު 06 އިންޗި ހުންނަ މީހެއް ކަމަށާއި މުޙައްމަދު ޝާނީޒްއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ ވީ އެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަމްބަރު 3322111 ނުވަތަ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791508 އަށް ގުޅުއްވާ މަޢުލުމާތު ހިއްސާ ކުރެއްވުން ފުލުހުން އެދެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *