ތުރުކީ ދަތުރުގައި ބައިވެރިވާ ކުދިންނާއި މިނިސްޓަރު ބައްދަލު ކުރައްވަނީ -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ތުރުކީ ދަތުރުގައި ބައިވެރިވާ ކުދިންނާއި މިނިސްޓަރު ބައްދަލު ކުރައްވަނީ -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ތުރުކީގައި އޮންނަ ފެސްޓިވަލެއްގައި ބައިވެރިވާ ކުދިންނާއި މިނިސްޓަރު ބައްދަލު ކުރައްވައިފި

ތުރުކީގައި ބާއްވާ ކުޑަކުދިންގެ ފެސްޓިވަލްގައި ބައިވެރިވާ ރާއްޖޭގެ 13 ދަރިވަރުންނާ މިނިސްޓަރު އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޝިހާމް ބައްދަލުކުރައްވައިފިއެވެ.

10 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ އެ ފެސްޓިވަލްގައި ބައިވެރިވާ ކުދިންނާއި ބައްދަލު ކުރައްވާ މިނިސްޓަރު ޑރ އާއިޝަތު ޝިހާމް ވިދާޅުވީ އެކި ގައުމުތަކުގެ ސަގާފަތްތައް ދަސްކޮށް ރާއްޖޭގެ ސަގާފަތާއި އާދަކާދަތައް އަދި މައުލޫމާތު ވީހާވެސް ގިނައިން އެހެން ގައުމުތަކުގެ ކުދިންނާ ހިއްސާ ކުރުމަށް އެދޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިކަހަލަ ޕްރޮގްރާމްތަކަކީ ކުދިންގެ ކުރިއެރުމަށްޓަކައި ވަރަށް މުހިއްމު ބައިވެރިވުމެއް ކަމަށެވެ.

މި ފެސްޓިވަލްގައި ރާއްޖެ ތަމްސީލުކުރަނީ ކަލާފާނު ސްކޫލްގެ ތިން ދަރިވަރުންނާއި ތާޖުއްދީން ސްކޫލްގެ ހަތަރު ދަރިވަރުންނާއި އަދި އައްޑޫގެ ހަތަރު ސްކޫލަކުން ހަ ދަރިވަރުންނެވެ. އޮފިޝަލުންގެ ގޮތުގައި ކަލާފާނު ސްކޫލގެ ލީޑިންގ ޓީޗަރަކާއި އައްޑޫ ހައި ސްކޫލްގެ އެސިސްޓަންޓް ޕްރިންސިޕަލް ވެސް މިދަތުރުގައި ބައިވެރިވާނެ އެވެ.

މިފެސްޓިވަލް އޮންނަ ތުރުކީގެ އަންޓާލިޔާ އަށް ދަތުރުކުރުމަށް މިކުދިން ފުރަން ހަމަޖެހިފައިވަނީ މާދަމާ ރެޔެވެ. އަދި ތުރުކީއަށް ދިއުމަށްފަހު މިކުދިން ތިބޭނީ ތުރުކީގެ އާއިލާތަކާއެކު އެކި ގޭގޭގައެވެ.

މި މަހުގެ 23ގެ ނިޔަލަށް ކުރިއަށްދާ މިފެސްޓިވަލްގައި 125 ގައުމަކުން ބައިވެރިވާއިރު މިފެސްޓިވަލްގައި ދިވެހިރާއްޖެއިން ބައިވެރިވާ މިއީ ހަތަރު ވަނަ ފަހަރެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *