އެމްޑީޕީ އާއި ޖޭޕީ ކުރި މުޒާހަރާގެ ތެރެއިން -- ދުވަސް ފޮޓޯ
އެމްޑީޕީ އާއި ޖޭޕީ ކުރި މުޒާހަރާގެ ތެރެއިން -- ދުވަސް ފޮޓޯ

ޑރ ދީދީ ފުލުހުންގެ ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ ޑރ ދީދީ ދޫކޮށްލީ ތަހުގީގު މަރުހަލާގެ ހުރިހާ ކަމެއް ނިންމުމަށް ފަހު އިއްޔެ ކަމަށެވެ.

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދީދީ ހައްޔަރުކުރީ މިދިޔަ މާޗް މަހުގެ 25 ވަނަ ދުވަހު އެވެ. ދީދީގެ ބަންދަށް މާޗް 26 ވަނަ ދުވަހު 15 ދުވަސް ޖަހަފައިވާއިރު އެ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެމްޑީޕީ އާއި ޖޭޕީން އިންތިޒާމްކޮށްގެން މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ބޮޑު އެއްވުމުގެ ފަހުން ކުރިއަށް ދިޔަ މުޒާހަރާތަކުގައި ބައިވެރިވުމާ ގުޅިގެން އެރޭ ދީދީ ހައްޔަރުކުރުމަށްފަހު ދޫކޮށްލީ 10 ދުވަސް ފަހުންނެވެ. ކޯޓުން އޭނާ ދޫކޮށްލީ 30 ދުވަހަށް މުޒާހަރާތަކަށް ނުދިއުމަށް ޝަރުތުކޮށްފަ އެވެ.

ފަހުން ފުލުހުން ދީދީ ހައްޔަރުކުރީ ކޯޓުން ކަނޑައެޅި ޝަރުތުތަކާއި ހިލާފުވުމުންނެވެ. އެކަމާ ގުޅިގެން ދީދީ ވިދާޅުވެފައިވަނީ ކޯޓުން އެގޮތަށް ޝަރުތުކުރިޔަސް މުޒާހަރާތަކުގައި ބައިވެރިވާނެ ކަމަށެވެ.

މުޒާހަރާތަކާއި ގުޅިގެން ކޯޓަށް މުއްދަތު ޖަހަން ހާޒިރު ކުރެވޭ މީހުންނަށް އެއްވުންތަކަށް ނުދިއުމަށް ޝަރުތު ކުރާ މައްސަލައިގަ ޕީޖީ އޮފީހުން ވަނީ އެގޮތަށް ޝަރުތު ނުކުރެވޭނެކަމަށާއި އެއީ ގާނޫނާއި ފުށޫއަރާ ކަމަށް ވެދާނެ ކަމަށް ބުނެފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *