ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ބޭސް ފަރުވާއަށް މިއަދު ސިންގަޕޫރަށް ފުރާ ވަޑައިގެންފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ ނާޒިމް ސިންގަޕޫރަށް ފުރާފައިވަނީ މިއަދު މެންދުރު 12:50 ގެ ފްލައިޓުން ކަމަށެވެ. ނާޒިމްގެ އަރިހުގައި ނާޒިމްގެ އަނބިކަނބަލުންވެސް ސިންގަޕޫރަށް ފުރާ ވަޑައިގެންނެވި އެވެ.
ބޭސްފަރުވާއަށް ނާޒިމް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ ކަރެކްޝަނަލް ސާވިސްގެ ބޯޑުން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުންނެވެ.