ރާއްޖޭގައި ގެނބިގެން މަރުވި ފިލިޕިންސް ދެމަފިރިންގެ ވާހަކަ – ލޯތްބާއި ހިތާމަ !

އީމާ ވަހީދު

ލިއޯމާ އަދި އެރީކާ އަކީ ސުކޫލް ދައުރުންސުރެ ލޯބީގެ ގުޅުމުން ގުޅިގެން އުޅުނު ދެޒުވާނުންނެވެ. އެތައް އަހަރުތަކެއް ވަންދެން ލޯބިވެރިންގެ ގޮތުގައި ތިބުމަށްފަހު މިދިޔަ ޑިސެމްބަރު 18ގައި ، ދެޒުވާނުން އާއިލާ އަދި އެކުވެރިންގެ ހާޒިރުގައި ކައިވެނި ކުރިއެވެ.

ލިއޯމާ އަދި އެރީކާ އަކީވެސް ދެނަރުންނެވެ. މިދެމެފިރިން އަދާކުރަމުން ދިޔަ ވަޒީފާގެ ސަބަބުން ދެމީހުންނަށްވެސް އޭޝިޔާ، ސިންގަޕޫރު އަދި ރިޔާދު ހިސާބަށް ދަތުރުކުރުމުގެ ފުރުސަތު ލިބުނެވެ.

މިމަހުގެ ޖެނުއަރީ އެގާރަވަނަ ދުވަހު މިދެމެފިރިން ރާއްޖެ އަންނަ ފުރީ އެމީހުންގެ ހަނީމޫނުގެ މަންޒިލަކަށް ރާއްޖެ ހެދުމަށެވެ. ރާއްޖެ އައިސް ދެމެފިރިން ތިބެން ނިންމި ރަށަކީ އެމީހުން އަބަދުވެސް އެރަށަކަށް އައުމަށް ހުވަފެން ދެކުނު ރަށެކެވެ.

އެދެމިފިރިންގެ ތަގްދީރު ނިޔާކުރިގޮތުން ދެމެފިރިން އެކީ ގެނބިގެން މަރުވީ ރާއްޖެއަށް ހަނީމޫނަށް އައިސް އުޅެނިކޮށެވެ. ލިއޯމާގެ ދައްތަ ބުނިގޮތުގައި، އެދެމީހުން މަރުވި ގޮތުގެ ހުރިހާ ތަފްސީލެއް ބަލަން އާއިލާއިން ބޭނުންވެއެވެ.

މިދެމެފިރުން ގެނބިގެން މަރުވީ ކ.އަތޮޅު ދިއްފުށީ ކައިރިއަށް ސްނޯކްލިން އަށް ގޮސް އުޅެނިކޮށެވެ. ފުލުހުން ބުނި ގޮތުގައި، އެދެމީހުން ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ވަނީ މަރުވެފައި ކަމަށެވެ.

ދިއްފުށިން މައުލޫމާތު ދިން މީހަކު ބުނެފައިވާގޮތުގައި، ފުރަތަމަ ދެތުނީ ފިރެހެން މީހާ އެވެ. އަދި އެމީހާ ސަލާމަތް ކުރުމަށް އަންހެން މީހާ އެދިމާއަށް ދިޔަ އެވެ. މިދެމެފިރިންނަށް އެހީތެރިވުމަށްޓަކައި، ޑިންގީ އެއް އެސަރަހައްދަށް ދިޔައިރު، ދެ ފަތުވެރިންވެސް އެއްވެސް ހަރަކާތެއް ނެތި ދެފެން ދޭތެރޭ ތެޅިލަ ތެޅިލަ އޮތް ކަމަށެވެ.

ޑާކާގައި ހުންނަ ފިލިޕިންސްގެ އެމްބަސީން ވަނީ މަރުވެފައިވާ ދެފަތުރުވެރިންގެ ހަށިގަނޑު އެމީހުންގެ ގައުމަށް ގެންދެވޭނެ އިންތިޒާމުތައް ހަދައި ދިނުމަށް އެދިފައެވެ. މިދެފަތުރުވެރިންގެ އާއިލާއިން މިހާރު ދަނީ ހަށިގަނޑުތައް އެމީހުންގެ އަމިއްލަ ގައުމަށް ގެންނަން ބޭނުންވާ ފައިސާ ހޯދުމަށް ފަންޑް ރެއިޒިން މަސައްކަތް ތަކެއް ކުރަމުންނެވެ. އެކަމުގެ އަގު ބޮޑުކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here