ފޮޓޯ: އައްޑޫލައިވް

އައްޑޫގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ގޮސް އެސްބީއައި ބްރާންޗަށް

ދުވަސް އެމްވީ

އައްޑޫ ސިޓީގައި މިއަދު ކާރެއް ކޮންޓްރޯލް ނުވެ ގޮސް އައްޑޫގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ބްރާންޗަށް ވަދެއްޖެއެވެ.

މިކަން އައްޑޫލައިވްގައި ރިޕޯޓްކޮށްފައިވާއިރު ބުނެފައިވަނީ އެސްބީއައި ބްރާންޗުގެ ބިއްލޫރި ކުޑަދޮރު ތަޅައިގެން ގޮސް ކާރުގެ ކުރީކޮޅު އޮތީ ބެންކު ތެރެއަށް ވަދެފައި ކަމަށެވެ.

ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އައްޑޫލައިވްގައި ރިޕޯޓްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here