ބަދަވީންނަށް ދެން ހަތަރު އަނބިންނާ ނީނދެވޭނެ: އިޒްރޭލު

އީމާ ވަހީދު

އިސްރޭލްގައި ދިރިއުޅޭ ބަދަވީ ދަރިކޮޅުގެ މުސްލިމު ފިރިހެނުންނަށް އެއް އަންހެނެކަށްވުރެ ގިނަ އަންހެނުންނާއި ކައިވެނި ނުކުރެވޭ ގޮތަށް ހަދަން އިޒްރޭލުން ނިންމައިފިއެވެ. މިއީ ޒަމާނުއްސުރެ އިޒްރޭލްގައި އޮތް އާދަކާދަ ތަކާއިވެސް ހިލާފް ކަމެކެވެ.

އަދި އިޒްރޭލްގެ ތާރީހްގައި އަލަށް، އެއް އަންހެނުންނަށް ވުރެ ގިނަ އަންހެނުންނާއި ބަދަވީން ކައިވެނި ކުރާ ނަމަ އެކަމަށް އަދަބު ދީ ގާނޫނީ ކުށަކަށް އެ ހެދުމަށް ވަނީ ނިންމައިފައެވެ.

އިޒްރޭލްގެ ސަރުކާރުން ބަދަވީންނާއި ދޭތެރޭ ކަންތައް ކުރާ ގޮތުން ހިތް ހަމަ ނުޖެހިގެން އެތައް ބަދަވީންނެއް ވަނީ ނުރުހުން ފާޅުކޮށް އަޑުއުފުލާފައެވެ. އިޒްރޭލްގެ ސަރުކާރުން ބަދަވީންނާއި އަދި އެހެން މީހުންނާއި ބޮޑެތި ތަފާތުކުރުންތައް ގެންގުޅޭތީއާއި އަދި ސަރުކާރުގެ ފަރާތުން ބަދަވީންނަށް އެކިކަހަލަ ފިއްތުން ތައް ކުރިމަތި ކުރާތީ އެމީހުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެހެނަސް އިޒްރޭލްގެ ސަރުކާރުން ބަދަވީންގެ މިޝަކުވާ ތަކަށް ދެމުން ދަނީ ބީރު ކަންފަތެކެވެ. ސަބަބަކީ އިޒްރޭލްގެ ސަރުކާރުން ބޭނުންވަނީ ބަދަވީންގެ އާބާދީ މަދުކޮށްލައި، އަދި ބަދަވީންނަކީ ކުށްވެރިން ގޮތުގައި ދުނިޔެއަށް ދެއްކުމަށެވެ.

ބަދަވީންނަށް އެއް އަންހެނަކަށް ވުރެ ގިނަ އަންހެނުންނާއި ކައިވެނި ނުކުރެވޭނެ ހެން ގާނޫނެއް ހެދުމުގައި އިސްކޮށް އުޅުއްވަނީ، އިޒްރޭލްގެ ޖަސްޓިސް މިނިސްޓައެވެ. އިޒްރޭލްގެ ޖަސްޓިސް މިނިސްޓަރ ވިދާޅުވިގޮތުގައި އެ ގާނޫނު އެކުލަވައިލައި ތަންފީޒު ކުރުމަަށް ވަރަށް މަސައްކަތް ތަކެއް ކުރަމުން ދާކަމަށާއި، އަދި އޭނާ އެކަމުގެ ދިރާސާތައް ހަދައިތާ މިހާރު ދެއަހަރު ވެއްޖެކަމަށެވެ.

ބަދަވީންގެ ތެރޭން 30 ވަރަކަށް އިންސައްތަ މީހުންނަކީ އެކަކަަށް ވުރެ ގިނަ މީހުންނާއި ކައިވެނި ކޮށްގެން އުޅޭ މީހުންނެވެ. އަދި އިޒްރޭލްގެ ބައެއް ކުދި އަވަށް ތަކުގައި ދިރިއުޅޭ ބަދަވީންގެ 60 އިންސައްތަ މީހުންނަކީ އެކަކަށް ވުރެ ގިނަ މީހުންނާއި ކައިވެނި ކޮށްގެން އުޅޭ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here