ރާއްޖޭގައި އިމާރާތް ކުރި އެންމެ ބޮޑު ސުކޫލު ރައީސް ހުޅުވައިދެއްވައިފި

އީމާ ވަހީދު

ރާއްޖޭގައި ހުޅެވޭ އެންމެ ބޮޑު ސުކޫލު، ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ހުޅުވައިދެއްވައިފިއެވެ.

ހުޅުމާލޭ ނެއިބަހޫޑް އެކެއްގައި އިމާރާތް ކޮށްފައިވާ ހުރަވީ ސުކޫލު ރަސްމީ ކޮށް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނެވެ. ހުރަވީ ސުކޫލު ހުޅުއްވައިދެއްވުމަށް ފަހު ރައީސް މުހައްމަދު ޞާލިހް ވަނީ އެސުކޫލުގައި އޮންނަ މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ވެސް ކުރައްވާފައެވެ.

ހުރަވީ ސުކޫލު ހުޅުއްވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ވިދާޅުވިގޮތުގައި، ހުރަވީ ސުކޫލަކީ އެތައް ގޮތަކުން އެހެން ސުކޫލުތަކާއި ތަފާތު ސުކޫލެއް ކަމަށެވެ. އަދި ހުރަވީ ސުކޫލަކީ އެންމެ މިޒަމާނުގެ ތައުލީމީ ނިޒާމާއި އެންމެ ގުޅޭ ގޮތަށް ފަރުމާ ކޮށްފައިވާ ސުކޫލެއް ކަމަށާއި އަދި މި ސުކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދެވޭނެ ހެން ހަދާފައިވާ ސުކޫލެއް ކަމަށެވެ.

މިއަދު ހުޅުވިގެން މިދިޔަ ހުރަވީ ސުކޫލުގައި ދަރިވަރުންނަށް ކިޔަވައިދިނުމަށް ހަރަކާތްތެރިވާނީ ހަމައެކަނި ދިވެހި ޓީޗަރުން ކަމަށްވެސް ރައީސްގެ ވާހަކައިގައި ވަނީ ފާހަގަކޮށްލާފައެވެ. މީގެ އިތުރުންވެސް ރައީސް ޞާލިހް ވިދާޅުވިގޮތުގައި، ތަރައްގީ އަށްޓަކައި މިހާރު ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ މީހުން ބިނާކުރުން ކަމަށެވެ. ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ތައުލީމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައި ވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހުރަވީ ސުކޫލު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ރައީސްގެ ނައިބާއި، އެޑިއުކޭޝަން މިނިސްޓަރާއި، އަދި ދައުލަތުގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގަންފައެވެ

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here