އެމްޑީޕީއާއި އަދާލަތުން ސިލްސިލާކޮށް ކުރަމުން ގެންދާ މުޒާހަރާއެއް ކޮންޓްރޯލް ކުރަން ފުލުހުން ހަރަކާތްތެރިވަނީ -- ދުވަސް ފައިލް ފޮޓޯ
އެމްޑީޕީއާއި އަދާލަތުން ސިލްސިލާކޮށް ކުރަމުން ގެންދާ މުޒާހަރާއެއް ކޮންޓްރޯލް ކުރަން ފުލުހުން ހަރަކާތްތެރިވަނީ -- ދުވަސް ފައިލް ފޮޓޯ

ނާންގާ ބާއްވާ މުޒާހަރާތައް ރޫޅާލާނެ ކަމުގެ އިންޒާރު އަނެއްކާވެސް ދީފި

ފުލުހުންނަށް ކުރިން އެންގުމަކާ ނުލައި މާލޭގައި ބާއްވަމުންދާ އެއްވުންތައް ހުއްޓާލުމަށް އެންގުމުން އެކަމަށް އިޖާބަ ނުދީފި ނަމަ، އެ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 13 ވަނަ މާއްދާ ބުނާ ގޮތުން، ރާވައިގެން ބާއްވާ އެއްވުންތަކަކީ، އެއްވުން ބާއްވާ ތަނެއް ދުރާލައި އިއުލާންކޮށް، އެ އެއްވުމުގެ ނޯޓިސް ފުލުހުންގެ އިދާރާ އަށް ދީގެން ބާއްވާ އެއްވުންތައް ކަމުގައި ވާންޖެހޭނެ ކަމަށެވެ.

ފަހަކަށް އައިސް މާލޭގައި ސިލްސިލާކޮށް ކޮންމެ ރެއަކު އެއްވުންތައް ބާއްވަނީ، ދުރާލައި ރާވައިގެން ކަމަށްވާއިރު، އެކަން ފުލުހުންނަށް ނާންގާ ކަމަށް ބަޔާނުގައިވެ އެވެ. އެހެންވެ މިހާރު މާލޭގައި ބާއްވާ އެއްވުންތައް، އެއްވެ އުޅުމުގެ ގާނޫނުގެ ރޫހާ ހިލާފު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން، އެއްވެ އުޅުމުގެ ގާނޫނުން ދީފައިވާއިރު، އެހެނިހެން ރައްޔިތުންގެ ރައްކާތެރިކަމާއި ހައްގުތަތަކާއި މިނިވަންކަން ގެއްލޭ ގޮތަށް އެފަދަ އެއްވުންތައް ބާއްވަން ހިތްވަރު ދީފައި ނުވާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި ކޮންމެ ރެއަކު މާލޭގެ ބޮޑެތި މަގުތަކުގަ އާއި ހަނި ގޯޅިތަކާއި ކާރޫބާރު ބޮޑު ހަތަރު އަނގޮޅިތަކުގައި އެއްވެސް އުސޫލެއް ނެތި، މުޒާހިރާކޮށް، އަޑުގަދަ ކުރުމުން ކިޔަވާ ކުދިންނާއި އާއްމު ރައްޔިތުންގެ ހައްގުތައް ނެތި ގޮސް، ރައްޔިތުންނަށް ލިބިދޭންޖެހޭ ފަރުދީ މިނިވަންކަމަށާއި ދިރިއުޅުމުގެ އަސާސީ ކަންކަމުންނާއި ދަތުރުފަތުރު ކުރުން ފަދަ ކަންކަމަށް ހުރަސް އެޅެމުން ދާކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *