ބުލީ ކުރުމާއި ދެކޮޅަށް ކުވޭތުގައި އަންހެން ކުދިންނަށް ކަޖުކެންބޮ ތަޅަން ދަސްކޮށްދެނީ

ދުވަސް އެމްވީ

ބުލީ ކުރުމަކީ މުޅި ދުނިޔޭގައިވެސް ބޮޑު މައްސަލައެއް ކަމުގައިވާއިރު ކުވޭތުގައި އަންހެން ކުދިންނަށް، މާޝަލް އާޓްސްގެ ވައްތަރެއް ކަމުގައިވާ ކަޖުކެންބޮ ތަޅަން ދަސްކޮށްދޭން ފަށައިފިއެވެ.

އެގޮތުން ކުވޭތުގެ ކުވޭތު ސިޓީގެ ހޯލެއްގައި ކުރިއަށްގެންދާ މި ކޯހަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމުގައި މި ކޯސް ކުރިއަށްގެންދާ ފަރާތްތަކުން ބުނެއެވެ.

ކަޖުކެންބޯ އަކީ މާޝަލް އާޓްސްގެ މިކްސް އެކެވެ. އެ ނަންވެސް ގެނެސްފައިވަނީ މިކްސެއްގެ ތެރެއިންނެވެ. އެގޮތުން ކަރާޓޭ އިން ކަ، ޖޫޑޯ އަދި ޖުޖިޓްސޫ އިން ޖޫ، ނަގާފައިވާއިރު ބޮ ނަގާފައިވަނީ ބޮކްސިން، މި ބަހުންނެވެ.

އެ ކްލާސްތަކުގައި މިހާރު 120 އަށްވުރެ ގިނަ ކުދިން ބައިވެރިވަމުން އަންނައިރު ބޮޑެތި މީހުންނަށްވެސް ކުލާސްތައް އަންނަނީ ނަގައިދެމުންނެވެ.

ދަރިވަރުންނަށް ކަޖުކަންބޮ ދަސްކޮށްދިނުމުގައި ހަރަކާތްތެރިވާ އުމުރުން 33 އަހަރުގެ ހަސްނާވީ ބުނެފައިވަނީ އެ ކުދިންނަށް ކަޖުކަންބޮ ދަސްކޮށްދިނުމުން އަމިއްލަ ނަފްސަށް އޮންނަ ޔަގީން ކަމާއި އިތުބާރު އެކުދިންގެ ކިބައިގާ ބޮޑުވާނެ ކަމަށެވެ. އަދި ހާލަތްތަކާއި ކުރިމަތިލާން ކެރޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here