އެނގޭތަ: ދިރާގު ޓީވީން މިހާރު އައިސް ޓީވީވެސް ބަލައިލެވޭ

ދުވަސް އެމްވީ

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތްކަމަށްވާ، ދިރާގު ޓީވީއަށް އައިސް ޓީވީ ޗެނަލް ތަޢާރަފުކޮށްފިއެވެ. އައިސް ޓީވީ އަކީ މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަށް ގެނެސްދޭ ދިވެހިންގެ މެދުގައި މަޝޫރު ދިވެހި ޗެނަލެކެވެ.

އައިސް ޓީވީއިން ގެނެސްދޭ ހާއްސަ ޕްރޮގުރާމުތަކުގެ ތެރޭގައި  ކުޑަކުދިންނަށް ޚާއްސަ ޕްރޮގްރަމްތައް، އިނގިރޭސި ޕްރިމިއަރ ލީގުގެ ބައެއް މެޗްތަކުގެ އިތުރުން މަޝްހޫރު ފިލްމީތަރި ޢައްޒަ ހުށަހަޅައިދޭ ޓޯކްޝޯ “އަޒޯނާ”ހިމެނެއެވެ.

މާލެއާއި އަތޮޅުތެރޭގައި ފޯރުކޮށްދޭ ދިރާގުގެ ޓީވީ  ޚިދުމަތުމަތުގައި އެއްވެސް ތަފާތުކުރުމެއްނެތި ދިރާގުޓީވީގެ އިންޓްރޯޑަކްޓަރީ އޮފަރގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެއެވެ. ދިރާގު ޓީވީގައި ދިވެހި ހުރިހާ ޗެނަލްތަކެއްގެ އިތުރުން ބޭރުގެ މަޝްހޫރު ގިނަ ޗެނަލްތަކެއް ހިމެނެ އެވެ. ހަބަރާއި މުނިފޫހިފިލުވުމުގެ ޗެނަލްތަކުން ފެށިގެން އެންމެ ފަހުގެ ހިންދީ އަދި އިނގިރެސި ފިލްމާ މިއުޒިކް ޗެނެލްތައް އަދި ކުޑަކުދިންނަށް ޚާއްސަ ޗެނަލްތައް ދިރާގު ޓީވީގައި ހިމެނޭނެއެވެ. މި ޗެނަލްތަކުގެ ތެރޭގައި އޭއެކްސްއެން، ކަލަރސް،  ސޮނީ، ޓެން ސްޕޯޓްސް އަދި ޑިޒްނީގެ ޗެނަލްތައް ހިމެނެ އެވެ. މީގެ އިތުރުން 4ކޭ ކޮލިޓީގެ ޗެނަލްތަށްވެސް ހިމެނެއެވެ. ދިރާގުގެ އިންޓްރޯޑަކްޓަރީ އޮފަރ އަގަކީ ޖީ.އެސް.ޓީ ނުލާ 300 ރުފިޔާއެވެ އަދި ކޮންމެ ކަނެކްޝަނަކާއި އެކު ހިލޭ ޖޯއިބޮސް ލިބިގެނެދާނެއެވެ.

ޖޯއި ބޮކްސްގެ ޒަރީއާ އިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް އެލަވަންސްގެ އަސަރެއް ނުކުރާނެއެވެ.  މީގެ އިތުރުން ދިރާގުޓީވީގެ އެކައުންޓް ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން ބޭނުންކޮށްގެން ޓީވީ ބެލޭނެއެވެ.

ދިރާގު ޓީވީ ތަޢާރަފު ކުރިތާ މިވީ ދޮޅު އަހަރުދުވަހުގެ ތެރޭގައި ނުހަނު ގިނަ ކުރިއެރުންތަކެއް ވަނީ ހޯދާފައިއެވެ. އެގޮތުން ދިރާގު ޓީވީ އަށް ޚާއްސަ އެޕެއް ތަޢާރަފުކުރުމުގެ އިތުރުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ 50 އިތުރު ރަށަކަށްވަނީ މި ހިދުމަތް ފޯރުކޮށްދީފައިއެވެ. އަދި މިރަށްތަކުގައި ނިމިދިޔަ ވޯލްޑްކަޕްގެ ފަހު 10 މެޗު 4K ކޮލިޓީގައި ބަލާލުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here