ޗައިނާގެ ސަފީރު ރައީސް އިބްރާހިމް ސޯލިހާއި ބައްދަލުކުރައްވައިފި

އީމާ ވަހީދު

ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަަޅުއްވާފައި ހުންނަ ސަފީރް ހިޒް އެކްސިލެންސީ މިސްޓަރ ޖަނގް ލީ ޖޮންގް، ރައީސް އިބްރާހިމް ސޯލިހް އަރިހަށް މިއަދު އިހްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންދެވީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. މިބައްދަލުކުރެއްވުމުގައި ދެފަރާތުންވަނީ، ދިވެހި ރާއްޖޭގައި ޗައިނާގެ ކުންފުނިތަކުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މީގެ ެިއިތުރުންވެސް ދެގައުމުގެ އެކުވެރިކަން އިތުރަށް ވަރުގަދަ ކޮށް އަދި ހާރިޖީ ގުޅުން ވެސް އިތުރަށް ވަރުގަދާ ކުރާނެ ގޮަތްތަކާއި މެދު މަޝްވަރާކޮށްފައެވެ.

މީގެ އިތުރުންވެސް ބައިނަލްއަގްވާމީ މަޝްރަހުގައި ދެގައުމަށް ފައިދާވާނެ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެކަމަށްވެސް ވަނީ އަލިއަޅުވާލަފައެވެ. އަދި ރާއްޖެއަށް ޗައިނާއިން ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމަށް ޗައިނާގެ ސަރުކާރުން އެހީތެރިވާނެ ކަމަށްވެސް އުންމީދު ކުރާކަމަށް ރައީސް އިބްރާހިމް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މިބައްދަލު ކުރެއްވުމުގައި ރާއްޖެއިން ދެގައުމުގެ ހާރިޖީ ގުޅުން އިތުރަށް ބަދަހި ކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ރައީސް އިބްރާހިމް ސޯލިހް ވިދާޅުވިއެވެ. އަދި ޗައިނާއިން ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ އަށް ވެލައްވާ އެހީތެރިކަން ފާހަގަކުރައްވައި ރައީސް ސޯލިހް ވަނީ އެކަމަށް ޝުކުރުއަދާކޮށްފައެވެ.

ޗައިނާގެ ސަފީރުވަނީ ޗައިނާގެ ސަރުކާރުގެ އަދި ރައްޔިތުންގެ ފަރާތުން ރައީސް އިބްރާހިމް ސޯލިހަށް ހެޔޮއެދުންތައް އަރިސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here